ހުޅުމާލޭ ޑުރަގް އޮޕަރޭޝަނުން ހައްޔަރު ކުރި ހަތް މީހެއްގެ ބަންދަށް ހަތް ދުވަސް

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން: ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަށް މީހަކު ހައްޔަރު ކުރި --- ސަންފޮޓޯ// މުހައްމަދު އަފްރާހް

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހިންގި އޮޕަރޭޝަނެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރު ކުރި އަށް މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ޖަހައިފިއެވެ.

މި މައްސަލަގައި، ހައްޔަރުކޮށްފައިވަނީ ދިވެހި ހަތް ފިރިހެނުންނާއި ދިވެހި އަންހެނެކެވެ.

މިއަދު ފުލުހުން މީޑީއާތަކާއި ހިއްސާކުރި މެސެޖެއްގައި ބުނީ، މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރި ކަމަށެވެ. އެގޮތުން އޭގެ ތެރެއިން ހަތް މީހެއްގެ ބަންދަށް ހަފުތާއެއް ދީފައިވާ ކަމަށާއި އެކަކުގެ މައްޗަށް ތިން ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

https://sun.mv/191773

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މަސްތުވާތަކެއްޗާއި ވައްކާމާ ގުޅުން ހުރި މައްސަލަތައް މިހާރު އަންނަނީ އިތުރުވަމުންނެވެ.

ހޯމް މިނިސްޓްރީން މިއަދު ބޭއްވި 'ހޯމް ޓީމް' ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ނާފިޒް ވިދާޅުވީ މި އަަހަރުގެ މިހާތަނަށް 56 ޑުރަގް އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

https://sun.mv/191864

މީގެ އިތުރުން މަސްތުވާތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަަށަށް މިއަހަރުގެ މިހާތަނަށް 260 ދިވެހިންނާއި 16 ބިދޭސީން ގެންގޮސްފައިވާ ކަމަށް މައުލޫމާތު ދީފައިވެއެވެ.

comment ކޮމެންޓް