ހިތަދޫ ފިހާރައަކަށް ވަދެ ބިރުދެއްކި މައްސަލައިގައި ދިވެހި ފިރިހެނަކު ހައްޔަރަށް

ހިތަދޫ ފިހާރައަކަށް ވަދެ ބިރުދެއްކި ވީޑިއޯގެ މަންޒަރެއް --

އައްޑޫ ސިޓީ ހިތަދޫ ފިހާރައަކަށް ވަދެ، ބިރުދައްކައި ފޭރުނު މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މި މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ހިތަދޫ ފިހާރައަކަށް ދެ މީހުން ވަދެ ބިރު ދައްކައި ފޭރޭ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ. މި ވީޑިއޯއިން ފެންނަނީ ފިލާބުރިއަކާއި ކުޑަ ވަޅިއަކުން ފިހާރައިގައި އިން ސޭޓަށް ބިރު ދައްކާ މަންޒަރެވެ.

އަދި އަނގަބަހުން އިންޒާރުދީ ބިރު ދައްކާ އަޑު ވީޑިއޯއިން އިވެއެވެ.

comment ކޮމެންޓް