އެސްޑީއެފް ބިލަށް ވޯޓަށް އެހި ދުވަހު ކަންކުރީ އުސޫލުތަކާ ޚިލާފަށް: ޕީއެންސީ

ޕީއެންސީން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---

ސަރުކާރުގެ ފަރާތުން ހުށަހެޅި ދައުލަތުގެ ދަރަނި ދެއްކުމުގެ ބުރަ ކުޑަކުރަން އުފައްދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގެ ބިލު މަޖިލީހުން ބޭރުކޮށްލީ އޮޅުވައިލުމެއްގެ ތެރެއިން އުސޫލުން ބޭރުން އަމަލުކުރުމަށްފަހު ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ތުހުމަތުކޮށްފިއެވެ.

މިއަދު އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު މެމްބަރު މޫސާ ސިރާޖު ވިދާޅުވީ އެސްޑީއެފް ބިލުގެ ވޯޓު އޮތް ދުވަހު މަޖިލީހުގައި ކަން ހިންގީ އާންމު އުސޫލާ ޚިލާފަށް ކަމަށެވެ.

އެގޮތުން އެސްޑީއެފް ބިލަށް ވޯޓު ނެގުން އޮތް ވަގުތުގައި އިދިކޮޅުން ހުށަހަޅައިފައި އޮތް އެންޓިޑިފެކްޝަން ބިލް ފޮނުވަން އުފެއްދި ޚާއްސަ ކޮމިޓީއާ ގުޅިގެން ކަންބޮޑުވުންތައް އުފެދި، އެ ކަމުގައި ޕީއެންސީން އެމްޑީޕީއާ މަޝްވަރާކުރަން އެދުނު ކަމަށެވެ.

ނަމަވެސް އެމްޑީޕީން އެ ކަމާ ދެކޮޅު ހެދުމުން ޕީއެންސީގެ މެމްބަރުންނާއި، ޑިމޮކްރެޓްސަށް ނިސްބަތްވާ މެމްބަރުން މަޖިލީހުން ނިކުމެ ކޯރަމް ގެއްލުވައިލީ ކަމަށް ސިރާޖު ވިދާޅުވިއެވެ.

އެގޮތުން އެ ދުވަހު އާންމު އުސޫލާ ޚިލާފަށް، ޖަލްސާގައި ވޯޓަށް އެހުމަށްފަހު ވަކި ހިސާބަކުން ޖަލްސާ މެދުކަނޑައިލީ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/190268

އެއަށްފަހު ވެސް ޖަލްސާ އަލުން ފަށައިގެން ކުރިއަށް ދިޔައީ މަޖިލިސް ހިނގާކަން ނޭނގޭ ގޮތަށް ކަމަށް ސިރާޖު ވިދާޅުވިއެވެ.

"ވޯޓު ގަޑީގައި ނިޒާމީ ނުކުތާއެއް ވެސް ނުނެގޭނެ ގޮތަށް ހަރުދަނާކޮށް މަޖިލީހުގެ ގަވައިދުތައް ހެދިފައިވަނީ. އެހެންނަމަވެސް އެ ދުވަހުގެ ވޯޓު ކުރިއަށް ދަނިކޮށް ދިމާވި ކަމަކާ ގުޅިގެން ވޯޓު މެދުކަނޑައިލައިފައި ވަނީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެސްޑީއެފް ބިލަކީ ސިޔާސީ މަގުސަދެއްގައި ހުށަހަޅައިފައި އޮތް ބިލެއް ނޫން ކަމަށެވެ. އެއީ ގައުމީ މަސައްކަތެއް ކަމަށާއި، އެ ފަދަ ކަމެއްގައި ދެ މެމްބަރަކު ވޯޓުލައި 'ސަމާސާ" ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ރައްޔިތުން ބަލަންޖެހޭ ކަމެއް ރައްޔިތުންގެ މަޖިލިސް [އިންތިޚާބު] ބޯ މަތީގައި އޮތްިއިރު،" އޭނާ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވެސް ބައިވެރިވެލެއްވިއެވެ. އޭނާ ވެސް ވަނީ މަޖިލީހުގައި އެ ދުވަހު ވަނީ އެ ވޯޓަށް އެހިއިރު ވޯޓު ރަނގަބީލު ނުވަތަ މަޖިލިސް ގްރޫޕުގައި ވެސް އަންގައިފައި ނުވާ ކަމަށެވެ.

އެސްޑީއެފް ބިލަށް ވޯޓުލީއިރު ފެންނަކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ. ނުފެންނަ ކަމަށް ވެސް ވޯޓުދެއްވީ ހަމަ އެއްމެ މެމްބަރެކެވެ.

އެހެންވެ އެ ދުވަހު ރިޔާސަތުގައި އިންނެވި މެމްބަރު އަހްމަދު ސަލީމް ވިދާޅުވީ މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅި ނަމަވެސް ސަރުކާރުގެ މެމްބަރުންގެ ފަރާތުން މި ބިލު ފާސްކުރަން ބޭނުންވާކަމަށް އެކަށީގެންވާ ތަރުހީބެއް ނުފެންނަ ކަމަށެވެ. އެއީ ސަރުކާރު މެމްބަރުން ވެސް ތަޅުމުގައި ހާޒިރުވެ ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ ވޯޓުގައި ބައިވެރިވެވަޑައިގެން ސަލީމު ވެސް ވޯޓު ދެއްވީ ބިލު ބަލައިގަންނަން ނުފެންނަ ކަމަށެވެ.

comment ކޮމެންޓް