ދެކުނުގެ ހަތަރު އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވައިފި

ރައީސް އަތޮޅު ތެެރެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން --

ރާއްޖޭގެ އެންމެ ދެކުނުން ހަތަރު އަތޮޅަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅު މިއަދު ނިންމަވައިލައްވައިފިއެވެ.

ފަސް ދުވަހުގެ މި ދަތުރުފުޅު އެ މަނިކުފާނު ފެއްޓެވީ މިދިޔަ އާދީއްތަ ދުވަހު އައްޑޫ ސިޓީއިންނެވެ. އެ ސިޓީގެ ހުރިހާ ރަށްތަކަކަށް ވަޑައިގެންނެވިއިރު ހިތަދޫ ފިޔަވައި ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ.

ހިތަދޫ ބައްދަލުވުން ފަސްކުރަންޖެހުނީ، ކައުންސިލް ބައްދަލުވުމަށް ގިނަ ވަގުތު ނެގުމުގެ ސަބަބުން، ފަސްވުމުންނެވެ.

އެހެންނަމަވެސް އެ ސިޓީގައި ވަނީ މި ދައުރުގައި އައްޑޫގައި ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓުކަމަށްވާ ހިތަދުއާއި ހުޅުމީދޫ ބްރިޖަކުން ގުޅައިލުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

https://sun.mv/188848

އެއަށްފަހު ރައީސް ވަޑައިގަތީ ފުވައްމުލައް ސިޓީއަށެވެ. އެ ސިޓީގައި ވެސް ކައުންސިލާއި ރައްޔިތުންނާ ބައްދަލުކުރައްވައިފައިވެއެވެ. އަދި ފުވައްމުލަކު މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ވަނީ ފައްޓަވައިދެއްވައިފައެވެ.

އެއަށްފަހު ހުވަދު އަތޮޅަށް ދަތުރުފުޅު ފައްޓަވައި، ފުރަތަމަ ވަޑައިގަތީ ގދ. އަތޮޅުގެ ބައެއް ރަށްތަކަށެވެ. އޭގެ ތެރޭގައި ފަރެސްމާތޮޑާ، މަޑަވެލި، ތިނަދޫ އަދި ގައްދޫ، ފިޔޯރީ ހިމެނެއެވެ.

https://sun.mv/188915

ތިނަދޫގައި ސަރުކާރުންވަނީ ބައިނަލްއަގްވާމީ ފެންވަރުގެ އެއާޕޯޓެއް ތަރައްގީކުރުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

އެއަށްފަހު ރައީސް ވަޑައިގަތީ ގއ. އަތޮޮޅުގެ ބައެއް ރަށްތަކަށެވެ. އެ ރަށްތަކަކީ ގެމަނަފުށި، ކޮނޑޭ، ވިލިނގިލި، ކޮލަމާފުށި، އަދި ދާންދުއެވެ.

މި ދަތުރުފުޅުގައި ރައީސްވަނީ ވިލިނގިއްޔަށް ވެވަޑައިގެންނެވި އެންމެ ބޮޑު ރިޔާސީ ވައުދުފުޅުކަމަށްވާ ބައިނަލްއަގްވާމީ އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތުގެ ފަހުމުނާމާގައި ސޮއިކުރައްވައިފައެވެ. މިއީ 750 އެއްހައި މިލިއަން ޑޮލަރުގެެ ބޮޑު މަޝްރޫއެކެވެ.

https://sun.mv/188989

މިހާރު ރައީސް ފައްޓަވައިފައިވާ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ބޭނުމަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރަށު ކައުންސިލުތަކާ ބައްދަލުކުރައްވައި، ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުއްވުމެވެ.

comment ކޮމެންޓް