750 އެއްހައި މިލިއަން ޑޮލަރަށް ވިލިނގިލީގައި ބައިނަލްއަގްވާމީ އެއާޕޯޓެއް އަޅަން ހަވާލުކޮށްފި

ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއުގައި ސޮއިކުރުން

ގއ. ވިލިނގިއްޔަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންނެވި އެންމެ ބޮޑު ރިޔާސީ ވައުދުފުޅުކަމަށްވާ ބައިނަލްއަގްވާމީ އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތުގެ ފަހުމުނާމާގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ، ރައީސް މިހާރު ގއ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި ވިލިނގިލީގައި މިއަދު ހެނދުނު އޮތް ޖަލްސާގައެވެ.

ސަރުކާރުގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ ބެލްޖިއަން، ފެރްންޗު ކުންފުންޏެއްކަމަށްވާ ބެސިކްސް ކޮންސްޓްރަކްޝަން ގްރޫޕާއެވެ. މިއީ ގާތްގަނޑަކަށް 500 އާއި 750 މިލިއަން ޑޮޮލަރާ ހަމައަށް އަގު އަރާ މަޝްރޫއެކެވެ.

މި ކުންފުންޏަކީ ޔޫއޭއީ، ދުބާއީގައި ބުރުޖު ޚަލީފާ ވެސް އިމާރާތްކުރުމުގައި ބައިވެރިވެ، މެއިންޓެނެންސް މަސައްކަތުގައި އުޅުނު ކުންފުންޏެވެ.

މި މަޝްރޫއު ނިމޭއިރު ތަރައްގީކުރާނެ ކަންކަން:

  • 17 ރިސޯޓު ތަރައްގީކޮށް، ގާތްގަނޑަކަށް 5،000 އުފައްދާނެ
  • މަތީ ފެންވަރުގެ މެރީނާތައް ހުންނާނެ
  • 2،000 މީޓަރަށްވުރެ ދިގު އެއާޕޯޓެއް
  • ހެލިޕެޑެއް ގާއިމްކުރާނެ

https://sun.mv/181414

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭ މި ރަށަށް ވަޑައިގެން ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ވިސްނުންފުޅަކީ ވިލިނގިއްޔާއި އެކެފަރު ހިމެނޭ ގޮތަށް އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކޮށްދިނުން ކަމަށެވެ.

އަދި މި މަޝްރޫއާއެކު އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއް ވެސް ހިންގުން ކަމަށެވެ. އަދި ކޫއްޑޫ އެއާޕޯޓު ޓްރެއިނިން ސެންޓަރަކަށް ބަދަލުކުރެެއްވުން ކަމަށް ވެސް ރައީސް އެއިރު ވިދާޅުވެފައިވެއެވެ.

https://sun.mv/188915

މި ރަށުގައި ބައިނަލްއަގްވާމީ ފެންވަރުގެ އެއާޕޯޓެއް ތަރައްގީކުރާއިރުު، ގދ ތިނަދޫގައި ވެސް ބައިނަލްއަގްވާމީ ފެންވަރުގެ ބޮޑު އެއާޕޯޓެއް އަޅަން ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.

އިންވެސްޓަރުގެ ފައިސާގައި ހިންގާ މި މަޝްރޫގައި އެ އެއާޕޯޓާއެކު 2،400 އަށްވުރެ ގިނަ އެނދު ލިބޭހެން، 12 ފަޅު ރަށެއް ފަތުރުވެރިކަމަށް ވެސް ތަރައްގީކުރެއެެވެ.

comment ކޮމެންޓް