ނަފުސާނީ ސިއްހަތުގެ ބިލް ހިމެނޭހެން މި ދައުރުގައި 24 ބިލެއް ހުށަހަޅަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ: މި ދައުރުގައި ސަރުކާރުން 24 ބިލެއް ހުށަހަޅަން ވަނީ ނިންމާފައި -- ފޮޓޯ/ މަޖިލިސް

ނަފުސާނީ ސިއްހަތުގެ ބިލް ހިމެނޭހެން ޖުމުލަ 24 ބިލެއް، ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ފޮނުވަން ސަރުކާރުން ނިންމައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މި ދައުރުގައި މަޖިލީހަށް ހުށަހަޅަން ގަސްތުކުރާ ބިލްތަކުގެ ލިސްޓު، ސަރުކާރުން އިއްޔެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން، ސަރުކާރުން ނިންމާފައިވަނީ މި ދައުރުގައި މަޖިލީހަށް 24 ބިލެއް ހުށަހަޅާށެވެ. އެއީ:

  1. ބިމުގެ ބިލު
  2. ބޯހިޔާވަހިކަމުގެ ބިލު
  3. ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު
  4. އާބަން ޕްލޭނިން އަދި އާބަން ޑިވެލޮޕްމަންޓްގެ ބިލު
  5. ނަފުސާނީ ސިއްހަތުގެ ބިލު
  6. ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  7. ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކަށް އިސްލާހު ގެނައުމުގެ ބިލު
  8. ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމާބެހޭ ބިލު
  9. ސޮވެރިން ޑިވެލޮޕްމަންޓް ފަންޑްގެ ބިލު
  10. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  11. ފޮރިން އިންވެސްޓްމަންޓްގެ ބިލު
  12. ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  13. މާލީ ސެކިއުރިޓީއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  14. ޑިޕްލޮމެޓިކް އިމްތިޔާޒުގެ ބިލު
  15. ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު
  16. ގާނޫނީ ފަނުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  17. އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  18. ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  19. ވަޒީފާ ގެއްލޭ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު
  20. ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  21. ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  22. މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  23. މީޑިއާ ކޮމިޝަންގެ ބިލު
  24. ބްރޯޑްކާސްޓްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

މަޖިލީހުގެ ގަވާއިދުގެ 82 ވަނަ މާއްދާގެ ރ. ގައި ވާގޮތުން މަޖިލީހުގެ ކޮންމެ ދައުރެއް ފެށުމާ އެކު ސަރުކާރުގެ ފަރާތުން އެ ދައުރަކަށް ހުށަހަޅަން ހުރި ބިލުތަކުގެ ލިސްޓެއް މަޖިލީހުގެ ރައީސަށް ފޮނުވަން ޖެހެއެވެ.

މި ދައުރަށް މަޖިލީސް ހުޅުވަން ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މި ދައުރުގައި މުހިއްމު ބިލުތަކެއް މަޖިލީހަށް ފޮނުއްވާނެކަން ފާހަގަކުރައްވައިފައެވެ. އެ ދުވަހު ރައީސް ވަނީ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު އިސްލާހުކުރުމުގެ ބިލު އަވަހަށް ފާސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

comment ކޮމެންޓް