ޔާމީންގެ ޕީއެންއެފް އުފެއްދުމުގެ ހުއްދަ މާދަމާ ދެނީ

ޔާމީން ޕީއެންއެފް އޮފީހުގައި --

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ ލަސްވެގެން މާދަމާ ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ފުއާދު އެހެން ވިދާޅުވީ، ޕީއެންއެފްގެ މުއައްސިސެއްގެ ގޮތުގައި ބަހައްޓަން ރައީސް ޔާމީން ހުށަހަޅުއްވާފައިވާ، ކުރީގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ، އެ ޕާޓީ އުފެއްދުމުގެ ހުއްދަ އަވަސް ކޮށްދިނުން އެދޭ ކަމަށް ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.

ފުއާދު ދެއްވި ޖަވާބުގައި ވަނީ އެ ޕާޓީގެ އެޕްލިކޭޝަން ފޯމާއި ލިޔެކިޔުންތައް ލިބިފައި ވަނީ އިއްޔެ ކަމަށާއި، ހުއްދަ ދިނުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ޔާމީން ނިންމެވީ ޕީއެންއެފްގެ މުއްސިސުންގެ ގޮތުގައި ޖުމުލަ އަށް ބޭފުޅަކު ހިމަނުއްވާށެވެ. އެއީ މުސްތަފާގެ އިތުރުން،

  • ދަރިކަލުން ޒޭން އަބްދުﷲ ޔާމީން
  • ކުރީގެ ރައީސް އަބްދުﷲ ޔާމީން
  • ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު
  • ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު
  • އަދްލީ އިސްމާއިލް
  • ޑރ. އަބްދުﷲ ޖިހާދު
  • އަލީ އާދަމް

އެކަމަކު، އީސީގެ ގަވާއިދު އޮންނަ ގޮތުން ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދެނީ އެންމެ ބޭފުޅަކަށެވެ. އެހެންވެ، މަޝްވަރާ ކުރުމަށް ފަހު އެ ބޭފުޅުން ނިންމެވީ ޕާޓީގެ މުއައްސިސްކަން ޒޭނަށް ދޭށެވެ.

ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވިތާ ހަފުތާއެއް ނުވަނީސް ޔާމީނާ ދެ ބޭފުޅުންގެ މެދުގައި ވަނީ ދެބަސްވުންތައް އުފެދިފައެވެ. އެހެންވެ، މިދިޔަ ހަފުތާގައި ޕީޕީއެމުން ވަކިވެ އާ ޕާޓީ އުފެއްދެވުމުގެ މަސައްކަތް ޔާމީން ފެއްޓެވިއެވެ.

comment ކޮމެންޓް