ނަޝީދު މަގާމުން ވަކިކުރަން ނިންމީ ރައީސްއާ މަޝްވަރާ ކުރުމަށް ފަހު: މިއުވާން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް އަދި ރައީސް މުހައްމަދު ނަޝީދު / ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ވެރިކަން ކުރާ އެމްޑީޕީން ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅަން ނިންމީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ރައީސް އޮފިހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، އެމްޑީޕީގެ ނިންމުންތައް ނިންމުމުގައި ރައީސް ޞާލިޙް އަބަދަވެސް ޕާޓީ ތަމްސީލްކުރައްވާ މެންބަރުންނާ މަޝްވަރާ ކުރައްވާ ކަމަށާއި، ޕާލިމަންޓްރީ ގްރޫޕުގެ ނިންމުންތަކަކީ ރައީސް އާ މަޝްވަރާ ކުރުމަށްފަހު ނިންމާ ނިންމުންތަކެއް ކަމަށެވެ.

ޕާލިމަންޓްރީ ގްރޫޕްގެ މެޖޯރިޓީ އާ އެއްކޮށް ރައީސް ވަޑައިގަންނަވާނީ. ރައީސް އާ އެ ބޭފުޅުންނާ މަޝްވަރާ ވެސް ކުރެވޭ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގައި ތިއްބެވި ހުރިހާ މެންބަރުންނާ ވެސް. ވާހަކަ ދެކެވޭ، މަޝްވަރާ ވެސް ކުރެވޭ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން އަބްދުﷲ

މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކި ކުރަން، 54 މެންބަރުންގެ ސޮޔާއެކު އެ މައްސަލަ އިއްޔެ ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 50 މެންބަރުންނާއި، މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދު އާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމެވެ.

https://sun.mv/178417

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ނަޝީދު އެ މަގާމުން ވަކި ކުރަން 43 މެމްބަރުންގެ ވޯޓު ބޭނުންވެއެވެ. ރައީސް ނަޝީދު ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސްގެ މަގާމަށް އެ މަނިކުފާނު އިންތިޚާބުކޮށްފައި ވަނީ ރައްޔިތުން އެދޭ ކަންކަން ހާސިލް ކޮށްދިނުމަށް ނަމަވެސް، އެ މަގާމުގައި ނަޝީދު އިތުރަށް ހުންނަވައިފި ނަމަ މަޖިލީހުން އަދާކުރަން ޖެހޭ ގާނޫނީ ޒިންމާ އަދާ ކުރުމުގެ ފުރުސަތު ގެއްލި މަޖިލީހުގެ ގަދަރު ދިވެހިންގެ ކުރިމަތީ ކުޑަވެގެން ދާނެ ކަމަށެވެ.

ނަޝީދާ މެދު ހިތްހަމަނުޖެހުން ބޮޑުވީ އިމުގެ މައްސަލައިގައި އިދިކޮޅު ޕާޓީތަކުން އެކުލަވައިލި އިއްތިހާދުން ހުށަހެޅި ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޑުޖައްސާލަން ނަޝީދު ނިންމެވުމާ ގުޅިގެންނެވެ.

ނަޝީދު މަގާމުން ވަކިކުރުމަށް ޓަކައި މައްސަލަ މަޖިލީހަށް ވައްދައިފައިވާއިރު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމުގެ މައްސަަލަ ވެސް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

comment ކޮމެންޓް