އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ސިފައިންގެ މީހެއް ސަސްޕެންޑުކޮށްފި

ސިފައިންގެ މީހަކު ބަޑިއެއް ހިފައިގެން: އެއްޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި މިއަދު ވަނީ ސިފައިންގެ މީހަކު ހައްޔަރު ކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ލީކް ވުމާ ގުޅިގެން އެ ވީޑިއޯއިން ފެންނަ ކަމަށް ތުހުމަތު ކުރެވޭ، އެމްއެންޑީއެފް މީހެއް ވަޒީފާއިން ސަސްޕެންޑުކޮށްފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު މިއަދު ވަނީ އެކަން "ސަން"އަށް ކަށަވަރުކޮށްދީފައެވެ.

އެކަމާ ގުޅިގެން އިތުރު ތަފްސީލެއް ދީފައިނުވާ ނަމަވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ބަގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށެވެ. އެއަމަލު ހިންގާ ކަމަށް ބެލެވޭ ވީޑިއޯ ރޭގެ ވަގުތެއްގައި ވަނީ ލީކު ކޮށްލާފައެވެ.

ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގައި ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި އަލަމްގީރު ހުރީ ހައްޔަރުކޮށްފައެވެ. އަދި އޭނާއާއެކު އެ ހުތުރު އަމަލު ހިންގި ކަމުގެ ތުހުމަތުގައި ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި ކުރީގެ މަޖިލިސް މެމްބަރު މުޙައްމަދު ނަޝީދު (ކާނަލް) އާއި ފުލުހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އެ މައްސަލައިގެ ތުހުމަތަށް ކަސްޓަމްސްގެ މުވައްޒަފަކާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކާއި ބައެއް ސްކޫލްތަކުގެ ޓީޗަރުން ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.

އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ސީނިއާ އެގްޒެކްޓިވް ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ރާފިއުވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި ހުޅުމާލޭ މިސްކިތެއްގެ އިމާމަކު ސަސްޕެންޑް ކުރުމުގެ މަސައްކަތް އިއްޔެ މިނިސްޓްރީން ވަނީ ފަށާފައެވެ.

comment ކޮމެންޓް