ވެކްސިން ކާޑު ހެދީ ލޯކަލް ބޭނުންތަކަށް އެކަނި

ފެބްރުއަރީ 23، 2021: ޓްރީޓޮޕް ހޮސްޕިޓަލުން ކޮވިޑް ވެކްސިން ޖަހައިދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ދިވެހިރާއްޖޭގައި ވެކްސިން ޖަހާ ފަރާތްތަކަށް ދޫކޮށްފައިވާ ވެކްސިން ކާޑަކީ ހަމައެކަނި ރާއްޖޭގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ކާޑެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒު ވިދާޅުވެއްޖެއެވެ.

ކާޑު ދޫކުރި ގައުމު އެނގެން ނެތުމުން ރާއްޖޭގެ ވެކްސިން ކާޑު ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ފަދަ ބޭރުގެ ބައެެއް ގައުމުތަކުން ބަލައި ނުގަންނަ މައްސަލަތަކެއް މިފަހުން ވަނީ ފެންމަތިވެފައެވެ.

ނަމަވެސް ރާއްޖޭގެ ވެކްސިން ކާޑު މެލޭޝިއާއިން ބަލައިގަންނާތީ ބައެއް ދިވެހިން މިހާރުގެ ވެކްސިން ކާޑު އެ ގައުމުތަކުގެ ދަނީ ބޭނުންކުރަމުންނެވެ.

https://sun.mv/155744

މިއަދު މެންދުރު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު ވިދާޅުވީ މިހާރު ދޫކޮށްފައިވާ ފަށްޖަހާފައި އޮންނަ ވެކްސިން ކާޑަކީ ހަމައެކަނި ލޯކަލް ނުވަތަ ޑޮމެސްޓިކް ބޭނުންތަކަށް ތައްޔާރުކޮށްފައިވާ ކާޑެއް ކަމަށެވެ.

"އެއީ ޕްރޫފް އޮފް ވެކްސިނޭޝަން ގޮތަށް، ލޯކަލީ ބޭނުންކުރަން ޑޭޓާ ބޭސްއަށް އެންޓާކޮށްފަ ކޮންމެ ބޭފުޅެއް އަތަށްވެސް ދީފަ އޮންނަނީ. ދެން އޭގަ އިންނަނީ ހަމަ ތަތްގަނޑެއް އެކަނި ޖަހާފަ،" މަބްރޫކް ވިދާޅުވިއެވެ.

އިންޓަނޭޝަނަލީ ބޭނުންކުރެވޭ ވެކްސިން ކާޑެއްގެ ގޮތުގައި އެ ކާޑު ތައްޔާރުނުކުރެވުނީ، ވެކްސިން ޕާސްޕޯޓެއްގައި ހުންނަން ޖެހޭނެ މައުލޫމާތުތަކުގެ މިންގަނޑެއް އޭރު އެކުލަވާލެވިފައި ނެތުމުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އޭރުގައެއް ދުނިޔޭގެ ގިނަ ގައުމުތަކުގެ ޕްލެޓްފޯމެއްވެސް ނެތް އަަދި މިކަން ކުރާއިރުގަ ހުންނަންޖެހޭނެ މިންގަނޑުތައްވެސް މުޅި ދުނިޔޭގެ ފެންވަރުގަވެސް އެއްބަހެއް ނުވެވޭ އޭގަ ހުންނަންޖެހޭނީ ކޮން މައުލޫމާތެއްތޯ، ކިހިނެއްތޯ ވެކްސިން ޕާސްޕޯޓެއް އޮންނަންޖެހޭނީ،" މަބްރޫކް ވިދާޅުވިއެވެ.

އެހެންނަމަވެސް، ހެލްތު މިނިސްޓަރު ފާހަގަކުރެއްވި ފަދައިން މި މަސް ނިމެންވާއިރަށް ދުނިޔެ ގަބޫލުކުރާ ވެކްސިން ޕާސްޕޯޓެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާކަން މަބްރޫކް ފަހަގަކުރެއްވިއެވެ.

https://sun.mv/155808

އެގޮތުން މިހާރު ތައާރަފުކޮށްފައިވާ ކޮވިޑް ސޭފް ޑިޖިޓަލް ވެކްސިން ޕާސްޕޯޓަކީ ދުނިޔެ ގަބޫލުކުރާ ވެކްސިން ކާޑެއް އުފެއްދުމަށް ކުރެވެމުންދާ މަސައްކަތުގެ އެއްބައި މަސައްކަތް ކަަމަށް މަބްރޫކް ވިދާޅުވިއެވެ.

https://sun.mv/155375

"މި ކާޑަކީއެއް ލޯންގް ޓާމް އެއްޗެއް ގޮތުގަ ހެދުނު އެއްޗެއް ނޫނޭ ޑޮމެސްޓިކް ބޭނުމަށް އެވަގުތު، މިހާރު މިންގަނޑުތައް ކަނޑައެޅިފަ ހުރުމާއެކީގަ ގްލޯބަލީ ބޭނުންކުރެވޭ ޕްލެޓްފޯމެއް އެބަ ޑެވޮލޮޕްކުރޭ ސަރުކާރުން،" މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން މިހާރު ދޫކުރާ ކޮވިޑް-19 ވެކްސިން ކާޑުގައި ހިމެނެނީ ވެކްސިން ޖެހި މީހާގެ އައިޑީކާޑު ނަމްބަރާއި، ނަމާއި، އުފަންދުވަހުގެ ތާރީހުގެ އިތުރުން ދިރިއުޅޭ އެޑްރެހުގެ މައުލޫމާތެވެ. އަދި ޖެހި ވެކްސިންގެ ނަމާއި މައުލޫމާތުގެ އިތުރުން ވެކްސިން ޖަހައިދިން ފަރާތުގެ ނަމަވެ. ކާޑުގެ އެއްވެސް ތަނެއްގައި ކާޑު ދޫކުރީ ރާއްޖެއިންކަން އެނގޭކަށް ނެތެވެ.

comment ކޮމެންޓް