ކުއްލި ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ރާއްޖޭގައި ތަޢާރަފުކުރި އެއާ އެމްބިއުލެންސްގައި މިހާތަނަށް 75 ދަތުރުކޮށްފިއެވެ.
ސަރުކާރުން އެއާ އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދެނީ އައިލެންޑް އޭވިއޭޝަނާ ގުޅިގެންނެވެ.
މިގޮތުން މޯލްޑިވިއަން އިން ބުނީ ވައިގެ މަގުންނާއި ކަނޑުގެ މަގުން ވެސް މިހާތަނަށް 75 ދަތުރު ކުރެވިފައިވާ ކަމަށެވެ.
އެއާ އެމްބިއުލެންސްގެ ޚިދުމަތް ތައާރަފުކުރީ މިދިޔަ މަހުގެ އެއްވަނަ ދުވަހެވެ. އެއާ އެމްބިއުލެންސް ޚިދުމަތް ދިނުމަށް ދެ ބޯޓެއް ބޭނުން ކުރެއެވެ. އެއީ އެއާޕޯޓުތަކަށް ޖައްސާ ޑޭޝް-8 މަރުކާގެ މަތިންދާބޯޓެއްގެ އިތުރުން ސީޕްލޭނެކެވެ.

ޑޭޝް8 އެއާ އެމްބިއުލާންސް ---
ހެލްތު މިނިސްޓަރު އަބްދުﷲ ޚަލީލް މީގެކުރިން ވިދާޅުވީ، ކުއްލި ޙާލަތެއްގައި ލިބެންޖެހޭ ހުރިހާ ޚިދުމަތެއް އެއާ އެމްބިއުލެންސުން ލިބޭނެ ކަމަށެވެ.
އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކޮށް، އެ ޚިދުމަތް ފުޅާކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.