ރޯގާގެ ގޮތުގައި ފެތުރޭ ގިނަ ބަލިތައް ފެތުރުނު މިންވަރު ފެބްރުއަރީ މަހާ އަޅާބަލާއިރު މިދިޔަ މަހު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗެޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޑެންގީ ހުން، އަރިދަފުސް ރޯގާ އަދި ބޭރަށްހިންގުން ވެސް މިދިޔަ މަހު ވަނީ އިތުރުވެފައެވެ.
އެގޮތުން، މިދިޔަ މަހު ޑެންގީގެ އަލާމާތްތައް ހުރެގެން 116 މީހަރު ރިޕޯޓުކުރިއިރު، މިދިޔަ މަހު 119 މީހުން ރިޕޯޓުކުރިއެވެ. އަދި، އަރިދަފުސް ރޯގާ ޖެހިގެން ފެބްރުއަރީ މަހު 29،184 މީހުން ރިޕޯޓުކޮށްފައިވާއިރު މިދިޔަ މަހު އަރިދަފުސް ރޯގާ ޖެހިގެން 33،637 މީހުން ރިޕޯޓުކޮށްފައިވެއެވެ.
ބޭރަށްހިންގުން ޖެހިގެން މިދިޔަ މިދިޔަ މަހު 5،428 މީހުން ރިޕޯޓުކޮށްފައިވާއިރު، ފެބްރުއަރީ މަހު ރިޕޯޓުކުރީ 5،149 މީހުންނެވެ.
ބަލިތައް އިތުރުވެފައިވީ ނަމަވެސް، އެޗްޕީއޭއިން ބުނީ މިދިޔަ މަހު އިންފްލުއެންޒާ ފެތުރުނު މިންވަރު ދަށްވެފައިވާ ކަމަށެވެ. އެގޮތުން، ފެބްރުއަރީ މަހު 31 މީހަކު އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވާއިރު، މާޗު މަހު ޕޮޒިޓިވްވީ 26 މީހުންނެވެ.
ރޯގާތައް ފެތުރުން އިތުރުވެފައިވާއިރު، ބަލިތަކުން ސަލާމަތްވުމަށް ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ބަލިތަކުން ސަލާމަތްވުމަށް:
- ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން
- ކެއްސާ ކިނބިހި އަޅާނަމަ އަނގަމައްޗާއި ނޭފަތުގައި ޓިޝޫއެއް ފަދަ އެއްޗެއް އެޅުން. އަދި، ބޭނުންކޮށްފައިވާ ޓިޝޫ ހާމައަށް އެއްލައިނުލުން.
- ރޯގާ ޖެހިފައިވާނަމަ، ކުޑަކުދިންނާ ދުރުގައި އުޅުން.
- ކެއުމުގެ ކުރިން އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން އަތްދޮވުން.
- ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުން ކުރުން، އަދި ރޯ ތަރުކާރީ ރަނގަޅަށް ދޮވެގެން ބޭނުންކުރުން.