ކޮވިޑް ވެކްސިން ޑިޖިޓަލް ޕާސްޕޯޓު ތައާރަފްކޮށްފި

ފެބްރުއަރީ 23، 2021: ޓްރީޓޮޕް ހޮސްޕިޓަލުން ކޮވިޑް ވެކްސިން ޖަހައިދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ގެ ދެ ޑޯޒް ފުރިހަމަ ކުރި ފަރާތްތަކަށް، ކޮވިޑް ސޭފް ގެ ނަމުގައި ޑިޖިޓަލް ވެކްސިން ޕާސްޕޯޓެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ތައާރަފުކޮށްފިއެވެ.

ކޮވީޑް ސޭފް ޑިޖިޓަލް ޕާސްޕޯޓަކީ ހެލްތް މިނިސްޓްރީގެ ފަރާތުން ރާއްޖޭގައި ބޭނުންކުރުމަށް ހަމަޖައްސާފައިވާ ރަސްމީ ވެކްސިން ޕާސްޕޯޓެވެ. މި ވެކްސިން ޕާސްޕޯޓުގައި ހުންނަ ހުރިހާ މައުލޫމާތަކީވެސް އެޗްޕީއޭގައި ރަޖިސްޓްރީ ކުރެވިފައިވާ މައުލޫމާތެވެ.

މި ޑިޖިޓަލް ޕާސްޕޯޓުގެ ސަބަބުން، އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި ލުއިފަސޭހަވެގެންދާނެއެވެ.

ކޮވިޑް ކޮންޓްރޯލްކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ތަންތަނަށް ވަނުމުގެ ހުއްދައެއްގެ ގޮތުގައި މި ޕާސްޕޯޓު ބޭނުންކުރެވޭނެއެވެ. އެހެންކަމުން ކޮވިޑް ސޭފް ޑިޖިޓަލް ޕާސްޕޯޓު ލިބިފައިވާ ފަރާތްތަކަށް އިތުރު ލިޔެކިޔުމަކާ ނުލައި އެއްވެސް ރެސްޓްރިކްޝަނެއް ނެތި ރާއްޖޭގެ ކޮންމެ ސަރަހައްދަކަށްވެސް ދަތުރުކުރެވޭނެއެވެ.

އެގޮތުން ކޮވިޑް ސޭފް ޑޮޓް އެމްވީ މެދުވެރިކޮށް އެމީހެއްގެ އެންމެ ފަހުގެ ކޮވިޑް ހަލާތާ ގުޅޭ މައުލޫމާތު ބަލައިލެވޭނެއެވެ. އަދި ވެކްސިން ސްޓޭޓަސް އާއި، މޮބިލިޓީ ސްޓޭޓަސްގެ އިތުރުން އެމީހަކު އެންމެ ފަހުން ނެގި ކޮވިޑް ސާމްޕަލްގެ ނަތީޖާވެސް ފެންނާނެއެވެ.

ކޮވިޑް ސޭޕް ޑިޖިޓަލް ވެކްސިން ޕާސްޕޯޓެއް އެޗްޕީއޭއިން ތައާރަފުކޮށްފައި މިވަނީ، ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ސުކޫލުތަކަށް ވަނުން މަނާކޮށް، އަންނަ މަހުން ފެށިގެން ހޮޓާ ރެސްޓޯރެންޓުތަކަށްވެސް ނުވަދެވޭ ގޮތަށް ހަދަން ނިންމާފައި ވަނިކޮށެވެ.

https://sun.mv/155192

ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 69 ޕަސެންޓު މީހުން މިހާރު ވެކްސިން ފުރިހަމަކޮށްފައި ވާއިރު، އާބާދީގެ 80 ޕަސެންޓު މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

comment ކޮމެންޓް