އިންތިހާބުގެ މައްސަލައިގައި ސީދާ އެމްޑީޕީ ކޯޓަށް ނުދާނެ، ކެންޑިޑޭޓުން ބޭނުންނަމަ ދެވޭނެ

އެމްޑީޕީ ގައުމީ ހިންގާ ކޮމިޓީ ބައްދަލުވުން --

ނިމުނު ކައުންސިލް އިންތިހާބުގެ ބާތިލް ވޯޓުގެ މައްސަލައިގައި ސީދއެމްޑީޕީގެ ފަރާތުން ކޯޓަށް ނުދާން އެޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ރޭ ނިންމައިފި އެވެ.

ކައުންސިލް އިންތިހާބުގެ ހަ ވޯޓު ފޮށްޓެއް ގުނައި ދިނުމަށް އެމްޑީޕީގެ ފަރާތުން އިލެކްޝަންސްގައި އެދުނެވެ. ނަމަވެސް އެ ފޮށިތައް އަލުން ނުގުނުމަށް އިލެކްޝަންސްއިން ނިމި އެވެ. އެއާްއެކު ބާތިލު ވޯޓުގެ މައްސަލައިގައި އެމްޑީޕީން ކޯޓަށް ދާން އެ ޕާޓީ ތެރޭގައި މަޝްވަރާކުރެވުނުވެ.

އެތަށް ދުވަހަކަށް ފަހު ރޭ ބިލަބޮންގް ހައި އިންޓަނޭޝަލް ސުކޫލްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވި އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި އެއްކަމަކަށް އޮތީ، އިންތިހާބުގެ މައްސަލަތައް ކޯޓަށް ހުށަހެޅުމާމެދު ގޮތެއް ނިންމުމެވެ.

އެ ބައްދަލުވުމުގައި ނިންމީ، ޕާޓީގެ ފަރާތުން އެ މައްސަލައިގައި ކޯޓަށް ނުދިޔުމަށެވެ. އެހެން ނަމަވެސް ކޯޓަށް ދާން ކެންޑިޑޭޓުން ބޭނުންވާނަމަ، އެ ފުރުސަތު އޮންނާނެ ކަމަށް އެ ބައްދަލުވުމުގައި ނިންމި އެވެ. އަދި އެގޮތަށް ކޯޓަށް މައްސަލަ ހުށަހަޅާ ކެންޑިޑޭޓުންނަށް ޕާޓީން އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ނިންމާފައިވެ އެވެ.

ރޭ ބޭއްވި ޖަލްސާގައި ދެން އެޖެންޑާގައި އޮތީ، ކުރިއަށް އޮތް އެ ޕާޓީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ޝަރުތު ކަނޑައެޅުމެވެ. އެގޮތުން، މަރުތަކާއި ހިޔާނާތުގެ ތުހުމަތުވާ މީހުންނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އެ ބައްދަލުވުމުގައި ނިންމާފައިވެއެވެ. އޭގެ އިތުރުން އިންތިހާބުގައި ވާދަކުރެވޭނީ ގިނަވެގެން އެއް އަހަރު ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބި ފަރާތްތަކަށްކަމުގައިވެސް ގައުމީ ހިންގާ ކޮމިޓީން ނިންމި އެވެ.

ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދެއްބަދަލުވުން ދެމެދުގައި ގައުމީ މަޖިލީހުން އަދާކުރަން ޖެހޭ އެންމެހާ އެންމެހާ މަސްއޫލިއްޔަތެއް އަދާކުރާނީ ގައުމީ މަޖިލީހުގެ ގައުމީ ހިންގާ ކޮމިޓީނެވެ.

ގައުމީ ހިންގާ ކޮމިޓީގައި ހިމެނެނީ، ރައީސް އާއި ނައިބު ރައީސް، ޗެއާޕާސަން، ޕާޓީގެ ކެބިނެޓް މެމްބަރުން، އަމިީން އައްމު އަދި އަމީން އާއްމުގެ ނައިބު، ޗެއާޕާސަންގެ ނައިބު (އިދާރީ، މާލީ) އަދި ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންނެވެ.

comment ކޮމެންޓް