އިރުފުށިން ލީޑިންގް ވެލްނެސް ރިސޯޓުގެ އެވޯޑު އަނެއްކާވެސް ދިފާއުކޮށްފި

ދަ ސަން ސިޔާމް އިރުފުށި ރިސޯޓު ހިންގާ ރަށް -- ފޮޓޯ/ ދަ ސަން ސިޔާމް އިރުފުށި

ރާއްޖޭގެ ލީޑިންގް ވެލްނެސް އެންޑް ސްޕާ ރިސޯޓުގެ އެވޯޑު ދަ ސަން ސިޔާމް އިރުފުށި ރިސޯޓުން އަނެއްކާވެސް ދިފާއުކޮށްފިއެވެ.

ރޭ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ގާލާގައި ދަ ސަން ސިޔާމް އިރުފުށި ރިސޯޓަށް ލީޑިންގް ވެލްނެސް އެންޑް ސްޕާ ރިސޯޓުގެ އެވޯޑު ލިބުނު އިރު، މިއީ އެ ރިސޯޓަށް މި އެވޯޑު ޖެހިޖެހިގެން ލިބުނު ތިންވަނަ އަހަރެވެ. އެއީ 2016 ގެ އިތުރުން 2017 އާއި މި އަހަރުއެވެ.

ދަ ސަން ސިޔާމް އިރުފުށި ރިސޯޓަކީ މީގެ ކުރިންވެސް ރާއްޖޭގެ އަދި ބައިނަލްއަގުވާމީ ގިނަ އެވޯޑުތަކެއް ލިބިފައިވާ ޕްރޮޕަޓީއެކެވެ.

ދަ ސަން ސިޔާމް އިރުފުށި ރިސޯޓުގައި ހުންނަ ސްޕާއަކީ "ދަ ސްޕާ ބައި ތާލްގޯ އެޓް ދަ ސަން ސިޔާމް އިރުފުށި"އެވެ.

އިރުފުއްޓަށް ލީޑިންގް ވެލްނެސް ރިސޯޓުގެ އެވޯޑު ލިބުނު އިރު، ރާއްޖޭގެ ލީޑިންގް ވެލްނެސް އެންޑް ސްޕާ ބްރޭންޑަކަށް ހޮވުނީ ދުނިޔެ ސްޕާއެވެ.

މީގެ އިތުރުން ސަން ސިޔާމް ރިސޯޓްސްގެ "ސަން އަކުއާ" ބްރޭންޑަށް ރޭ ވަނީ ރާއްޖޭގެ ލީޑިންގް ހޮޓެލް/ރިސޯޓު ބްރޭންޑްގެ އެވޯޑުވެސް ލިބިފައެވެ. ސަން އަކުއާ ބްރޭންޑުގެ ދެ ރިސޯޓެއް ރާއްޖޭގައި ހިންގާ އިރު، ސްރީލަންކާގައިވެސް ސަން އަކުއާގެ ރިސޯޓެއް ހުރެއެވެ.

https://sun.mv/113082

އަދި މީގެ އިތުރުން ރޭގެ އެވޯޑްސްގައި ލީޑިންގް ޑައިވް/ވޯޓާސްޕޯޓްސް ސެންޓަރުގެ އެވޯޑު ލިބިގެން ދިޔައީ ސަން ސިޔާމް ޑައިވިންގްއަށެވެ.

ސަން ސިޔާމް ރިސޯޓްސްގެ ދަށުން ފަސް ރިސޯޓެއް ހިންގައެވެ. އެއީ ނ. މެދަފުށީގައި ހިންގާ ދަ ސަން ސިޔާމް އިރުފުއްޓާއި ކ. އޮޅުވެލީގައި ހިންގާ އޮޅުވެލި ބީޗް އެންޑް ސްޕާގެ އިތުރުން ދ. މީދުއްފުށީގައި ހިންގާ ސަން އަކުއާ ވިލުރީފްއާއި ދާދި ފަހުން ދ. އަލުވިފުށީގައި ހުޅުވި ސަން އަކުއާ އިރުވެލި އަދި ސްރީލަންކާގެ ބަޓިކަލޯގައި ހިންގާ ސަން އަކުއާ ޕާސިކުޑައެވެ.

comment ކޮމެންޓް