ރަށްރަށުގެ ޚާއްސަކަން އިސްތިހާރުކޮށް ފަތުރުވެރިކަން އާލާކުރަން ސަރުކާރުން އެހީވާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގު އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި އަންނަނީ ލޯކަލް ޓޫރިޒަމް ފުޅާކޮށް، އިސްތިހާރުކުރަމުންނެވެ.
އާންމު ރައްޔިތުންނަށް ވަޒީރުންނާ ސުވާލުކުރެވޭ 'އަހާ' ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ތާރިގު ވިދާޅުވީ، ފެންނަނީ ކޮންމެ ރަށެއްގައި ވެސް ފަތުރުވެރިކަން ކުރިއަރަމުން އަންނަތަން ކަމަށެވެ. އެހެންވެ، ކޮންމެ ރަށެއްގައި ވެސް ހުންނަ ޚާއްސަ ކަންކަން އިސްތިހާރުކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުމެންނަށް މި ފެންނަނީ، ރަށްރަށުގައި ލޯކަލް ޓޫރިޒަމް ކުރިއަރަމުންދާއިރު އެ ބޭފުޅުން އެ ރަށެއްގެ ޚާއްސަ ކަންތައްތައް އެއީ މުހިންމު ކަންތައްތަކެއްގެ ގޮތުގައި ދެނެވަޑައިގެން އެ ކަންތައްތައް އެއީ ރަށަށް އަންނަ ފަތުރުވެރިންނަށް ދައްކުވައިދޭ މަސައްކަތެއް ގޮތުގައި ކުރަމުން އަންނަތަން،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރުންނާ ސުވާލުކުރެވޭ އަހާ ފޯރަމްގެ ތެރެއިން: ވަޒީރު ތާރިގު ވިދާޅުވީ، ރަށްރަށުގެ ޚާއްސަކަން އިސްތިހާރުކުރަންޖެހޭ ކަމަށް --- ފޮޓޯ/ ރައީސް އޮފީސް
އޭނާ ވިދާޅުވީ، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ 65 އިންސައްތައަކީ ތިމާވެށި ދެކިލަން އަންނަ މީހުން ކަމަށެވެ. ބާކީ މީހުންގެ ބޮޑު ބަޔަކީ ކަލްޗަރަލް ޓޫރިޒަމް ނުވަތަ ތާރީޚާއި ސަގާފަތާ ގުޅޭ ކަންކަން ދެކިލަން އަންނަ ފަތުރުވެރިން ކަމަށެވެ.
"މި ކަންތައްތައް އާލާކުރެވިއްޖެ ކަމަށްވަންޏާމުން އެ ރަށެއްގައި ނުވަތަ އެ ޒޯނެއްގައި ޓޫރިޒަމް އާލާކުރެވިދާނެ،" ތާރިގު ވިދާޅުވިއެވެ.
"މި ކަންތައްތައް ކުރަން އަޅުގަނޑުމެން ސަރުކާރުން ވެސް އެއްބާރުލުން ދީ، އެ މަސައްކަތްކުރާނަން ކުރިއަށް އޮތް ތަނުގައި. މިއީ އަޅުގަނޑު ދަންނަވާނީ ވަރަށް މުހިންމު ކަމެކޭ. ރާއްޖޭގެ ސަގާފަތް ވެސް ކުރިއަރުވައި، ރާއްޖޭގެ އެކި ރަށްރަށުގައި އެ ރަށަކާ ބެހޭ ގޮތުން ހުންނަ މުހިންމު ކަންތައްތައް އެ ރަށެއްގެ ކުޑަކުދިންނަށް ކިޔައިދީ އެ ކަންކަން ދަމަހައްޓަން ވެސް ކުރެވިގެންދާ ކަމެކޭ،"
ވަޒީރު ވިދާޅުވީ، އެ ގޮތަށް ފަތުރުވެރިކަން އިސްތިހާރުކުރެވިއްޖެ ނަމަ ރަށްރަށުގެ ލޯކަލް ޓޫރިޒަމް ފުޅާކުރަން ފަސޭހަވާނެ ކަމަށެވެ.
ބައެއް ރަށްރަށުގައި ވަރަށް ބޮޑަށް ފަތުރުވެރިކަން ކުރިއަރާފައިވާއިރު، ރާއްޖެ ޒިޔާރަތްކުރާ ގިނަ އަދަދެއްގެ ފަތުރުވެރިން މިހާރު ލޯކަލް ޓޫރިޒަމް އޮންނަ ރަށްރަށަށް ޒިޔާރަތްކުރެއެވެ.
މިދިޔަ އަހަރު ވެސް ރާއްޖެއަށް ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ސަރުކާރުން ވަނީ މި އަހަރުގެ އަމާޒަކީ 2.3 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ގެނައުން ކަމަށް ބުނެފައެވެ.
comment ސިނާއަތް
1 month 2 week ago
ތޯރިގޫ ފުރަތަމަ ކަމަކަށް މިސިނާއަތުގަ މަސައްކަތްކުރާ މީހުންގެ އުޖޫރަ ދުވަހުން ދުވަހަށްދޭތޯ ބަލާބަލަ. ސޭޓް އަދިވެސް ސާވިސްޗާޖްނުދެވިގެން އެތެޅެނީ. ކިހާދެރަކަމެއް ކޮބާއަދި މުސާރަ
comment ޝާފް
1 month 2 week ago
ޓޫރިޒަމްގެ އަލިފުބާވެސް ނޭނގޭ.މީހަކު އަނެއްކާވެސް މިނިސްޓުރީއާއި އެ ހަވާލުވީ. ދެން ބުނޭ މާދަމާ ޓޫރިޒަމް އާލާކުރަން ތިމަންނާމެން ޓޫރިސްޓުން އިންދުނުގެ ޕުރޮގުރާމެއް ހިންގާނިއްޔޭ.
comment ާްއަލީ
1 month 2 week ago
ތޯރިގުވެސް ގަދީމީ ގޮތަށް ތިކަންކުރަން ނުވިސްނާތި. ޒަމާނީކޮށް ނުވާނަމަ ނުކުރާތި.
comment ނާލާފުށި
1 month 2 week ago
ލިވަރ ޓްރާންސްޕްލާންޓް އަށް 2މިލިޔަން ދިޔަގޮތެއް ބަލަންވާނެ. އާސަންދަވެސް މިގޮތަށް، އެންސްޕާވެސް މިހެން. ތަޅާހުސްކުރަނީއޭ.