ސަން އަކުއާ އިރުވެލި ރިސޯޓު ހުޅުވައިފި

ސަން އަކުއާ އިރުވެލި ރިސޯޓު ހުޅުވުން -- ފޮޓޯ/ ކޯޕަރޭޓް މޯލްޑިވްސް

ސަން ސިޔާމް ރިސޯޓްސްއިން ދ. އަތޮޅު އަލުވިފުށީގައި ތަރައްގީކުރި ސަން އަކުއާ އިރުވެލި ރިސޯޓު ހުޅުވައި، ފަތުރުވެރިންނަށް ހިދުމަތްދޭން ފަށައިފިއެވެ.

ސަން އަކުއާ އިރުވެލި ރިސޯޓު ހުޅުވީ ޑިސެމްބަރު 15 ވީ ހޮނިހިރު ދުވަހުއެވެ.

ސަން އަކުއާ އިރުވެލިއަކީ ފަސް ތަރީގެ ޕްރީމިއަމް އަދި އޯލް އިންކްލޫސިވް ރިސޯޓެކެވެ. ރިސޯޓުގައި 125 ބީޗު ވިލާއާއި ވޯޓާ ވިލާ ހުންނަ އިރު، ކޮންމެ ވިލާއެއްގައިވެސް ޕްރައިވެޓް ޕޫލްސް ހުރެއެވެ.

ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ބޭނުންވާ ޕްރައިވަސީ އެންމެ ފުރިހަމަ ގޮތުގައި ދިނުމުގެ ގޮތުން، ބެކް އޮފް ދަ ހައުސް އޮޕަރޭޝަންތަކާއި ޓީމް މެމްބަރުންގެ އެކޮމަޑޭޝަން ހަމަޖެހިފައިވަނީ މައި ރަށުގެ ކައިރިން ހަދާފައިވާ އޮންނަ ވަކި ރަށެއްގައެވެ.

ސަން އަކުއާ އިރުވެލި ރިސޯޓު -- ފޮޓޯ/ ކޯޕަރޭޓް މޯލްޑިވްސް

ސަން އަކުއާ އިރުވެލީގައި ސަން އަކުއާ ސްޕާގެ ހިދުމަތް ދޭނީ އޯވާ ވޯޓާ ޕެވިލިއަންތަކެއްގައެވެ. އަދި އެ ސްޕާގައި އޯޕަން ރެއިން ޝަވާތަކާއި، ހައިޑްރޯތެރަޕީ ޕޫލްތަކާއި ސައުނާއާއި ސްޕާ ބުޓީކެއް ހިމެނެއެވެ.

މީގެ އިތުރުން ކޮމްޕްލިމެންޓަރީ ކިޑްސް ކްލަބެއްވެސް އިރުވެލީގައި ހުންނާނެއެވެ.

ސަން އަކުއާ އިރުވެލިއަކީ ސަން ސިޔާމް ރިސޯޓްސްގެ ސަން އަކުއާ ބްރޭންޑުގެ ތިންވަނަ ރިސޯޓެވެ. އަނެއް ދެ ރިސޯޓަކީ ދ. މީދުއްފުށީގައި ހިންގާ ސަން އަކުއާ ވިލުރީފް އަދި ސްރީލަންކާގައި ހިންގާ ސަން އަކުއާ ޕާސިކުޑައެވެ.

މީގެ އިތުރުން ސަން ސިޔާމް ރިސޯޓްސްއިން ކ. އޮޅުވެލީގައި އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓާއި، ނ. މެދަފުށީގައި ހިންގާ ދަ ސަން ސިޔާމް އިރުފުށި މޯލްޑިވްސް ރިސޯޓްވެސް ހިންގައެވެ.

comment ކޮމެންޓް