މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ރާއްޖޭގެ އާޓިސްޓް ކޮމިއުނިޓީ އަދި މާލޭ އާޓް ގެލެރީއާ ގުޅިގެން، "ފްރޭމް ބައި މަޓާޓޯ"ގެ ނަމުގައި މަައުރަޒެއް ފަށައިފިއެވެ.
މަޓާޓޯއިން ބުނީ، މިއީ އެކުންފުނިން އިންތިޒާމްކުރާ އަހަރީ އާޓް މުބާރާތަކާއި މައުރަޒެއްކަމަށާއި، އެ މައުރަޒު ކުރިޔަށް ގެންދިޔުމުގެ މަޤުސަދަކީ ދިވެހިންގެ އުފެއްދުންތެރިކަމާއި ސަގާފީ ތަރިކަތައް ފާހަގަ ކުރުންކަމަށެވެ.
މިއީ މިއަހަރު ބާއްވާ މިފަދަ ފުރަތަމަ މައުރަޒު ކަމަށްވާއިރު މައުރަޒުގެ ތީމަކަށް ކަނޑައަޅާފައި ވަނީ "މޯލްޑިވިއަން މިސްޓިކް"އެވެ. މި ތީމްގެ ދަށުން ކުރެހުންތެރިންނަށް ދިވެހި ތާރީޚީ ވާހަކަތައް އެމީހުންގެ އުފެއްދުންތެރި ޚިޔާލުތަކުގެ ތެރެއިން މާނަކޮށް ހުށަހެޅުމުގެ ދަޢުވަތު އެ ކުންފުނިން ވަނީ ދީފައިވެއެވެ.

އާޓް ގެލެރީ ކުރިޔަށްދާ މައުރަޒުގެ ކުރެހުންތައް: މައުރަޒު ކުރިޔަށް ދާނީ މާދަމާގެ ނިޔަލަށް--- ޕޮޓޯ/މަޓާޓޯ
މަޓާޓޯއިން ބުނީ އެ މުބާރާތް ބެހިފައިވަނީ ހަތަރު އުމުރުފުރާއަކަށްކަމަށާއި އަދި ކޮންމެ އުމުރުފުރާއަކުން އެއް ވަނަ ދެވަނަ އަދި ތިން ވަނަ ހޮވޭނެކަމަށެވެ. އަދި ކޮންމެ އުމުރުފުރާއެއްގެ އެއްވަނައަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެކަމައް ވެސް އެ ކުންފުނިނިން ބުނެފައިވެއެވެ.
މިދިޔަ ހޯމަދުވަހުފެށި މި މައުރަޒު މާދަމާގެ ނިޔަލައް މާލެ އާޓް ގެލެރީގައި ކުރިޔަށްދާނެއެވެ.
މައުރަޒު ބެލުމައް ހުޅުވާލެވިފައިވާ ގަޑިތަކަކީ:
- ހޯމަދުވަހު ހަވީރު 4:00އިން ރޭގަނޑު 9:00 އަށް
- އަންގާރަދުވަހު ހެނދުހުނު 10:00އިން ރޭގަނޑު 9:00 އަށް
- ބުދަދުވަހު ހެނދުހުނު 10:00 އިން ހަވީރު 6:00 އަށް
- ބުރާސްފަތިދުވަހު ހެނދުނު 10:00 އިން ހަވީރު 6:00 އަށް
މަ މައުރަޒުގައި އެންމެންނަށް ވެސް އެމީހަކަށް އެންމެ ތީރިކަމަށް ގަބޫލުކުރާ ކުރެހުންތަކަށް ވޯޓުލުމުގެ ފުރުޞަތު ލިނިގެންދާއިރު ވޯޓު ލެވޭނީ މިއަދުގެ ހަވީރު 6:00އާ ހަމައަށެވެ. ވަނަތައް ހޮވާނީ އާންމުންގެ ވޯޓުތަކުގެ މައްޗަށް ބިނާކޮށެވެ.
އާއްމުނައް ވޯޓުލެވޭނީ އެސްއެމްއެސް މެދުވެރިކޮށެވެ. ކުރެހުންތަކަށް ވޯޓުލުމަށަށް ބޭނުންކުރާނެ އެސްއެމްއެސް ކޯޑުތައް މި ވެބްސައިޓް މެދުވރިކޮއް ލިބެންހުންނާނެއެވެ.
"ފްރޭމް ބައި މަޓާޓޯ" ފަރުމާ ކުރެވިފައިވަނީ ދިވެހިރާއްޖޭގެ ފަތުރުވެރުވެރިކަމާ ގުޅުވައިގެން ކުރެހުމުގެ ދާއިރާގައި މަސައްކަތްކުރުމައް ހިތްވަރުދިނުމަށާއި، ރާއްޖޭގެ ހުނަރުވެރިންނަށް އެމީހުންގެ މަސައްކަތް ފަތުރުވެރިންނަށާއި އާންމުންނަށް ދެއްކުމުގެ ފުރުސަތު ހޯދައިދިނުމައްކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.
އަދި ކުރެހުމުގެ ޒަރީއާއިން ދިވެހިންގެ އަމިއްލަވަންތަކަމާއި ވާހަކަ ކިޔައިދިނުމެ ތަފާތު ސިފަތައް ފާހަގަކުރެވޭނެކަމައް ވެސް އެކުންފުނިން މައުލޫމާތުދެއެވެ.