އިންސާނެއްގެ ކުލަ އެކްސްރޭއެއް ފުރަތަމަ ފަރަހަށް!

ދުނިޔޭގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު އިންސާނެއްގެ ގުނަވަނެއްގެ ކުލަ އެކްސްރޭއެއް ނެގުން. މި އީޖާދަކީ ނިއުޒީލޭންޑް ގެ ސައިންޓިސްޓް ދެބަފައިންގެ އީޖާދެއް-- ފޮޓޯ: މާސްބައޯއިމޭޖިން

ދުނިޔޭގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު އިންސާނެއްގެ ހަށިގަނޑުގެ ގުނަވަނެއް، ކުލަކޮށް އެކްސްރޭއެއް ނަގައިފިއެވެ.

ނިއުޒީލެންޑުގެ ސައިންޓިސްޓުން ވަނީ، ޔޫރަޕިއަން އޯގަނައިޒޭޝަން ފޯރ ނިއުކްލިއަރ ރިސާރޗް (ސާރން) ފިޒިކްސް ލެބްގެ އިމޭޖިންގ ޓެކްނޯލޮޖީގެ އެހީތެރިކަމާއެކު ފުރަތަމަ ފަހަރަށް 3ޑީ ކޮށް، އިންސާނެއްގެ ކުލަ އެކްސްރޭއެއް ނަގައިފައެވެ.

ސާރންގެ ބަޔާނެއްގައި ބުނެފައި ވަނީ، އަލަށް އީޖާދުކުރި ކުލަ އެކްސްރޭ މެޝިނުގެ އެހީގައި، ޒަމާނުއްސުރެ ބޭނުންކުރަމުން އައި ކަޅާއި ހުދުގެ އެކްސްރޭއިން ފެންނަ ވަރަށް ވުރެ މާބޮޑަށް ވެސް ސާފު، ތަފްސީލީ ތަސްވީރެއް ކުރަހައި ދޭނޭ ކަމަށާއި އޭގެ ސަބަބުން، ޑޮކްޓަރުންނަށް އެބައިމީހުންގެ ގާތަށް ފަރުވާ ހޯދަން އަންނަ މީހުންނަށް ފަރުވާ ދިނުމުގައި މިހާރަށްވުރެ އެތައް ގުނައެއް ފަސޭހަވެގެން ދާނޭ ކަމަށެވެ.

ސާރންގެ އާ، މެޑިޕިކްސް3 ޓެކްނޯލޮޖީއަކީ، ކެމެރާއެއް ފަދައިން އޭގެ ޝަޓަރ މަސައްކަތްކުރާ، ވަކިވަކި ކުދި އެތިކޮޅުތައްވެސް މުޑިއަރާ ވަގުތު، ހައި ރިޒޮލޫޝަން، އަދި ހައި ކޮންޓްރާސްޓް ފޮޓޯއެއް ނަގައިދޭނޭ އުފެއްދުމެކެވެ.

ދުނިޔޭގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު އިންސާނެއްގެ ގުނަވަނެއްގެ ކުލަ އެކްސްރޭއެއް ނެގުން. މި އީޖާދަކީ ނިއުޒީލޭންޑް ގެ ސައިންޓިސްޓް ދެބަފައިންގެ އީޖާދެއް-- ފޮޓޯ: މާސްބައޯއިމޭޖިން

ކާމިޔާބުކަމާއެކު ކުލަ އެކްސްރޭއެއް އުފައްދާފައި މިވަނީ، ޔުނިވާސިޓީ އޮފް ކެންޓަބަރީ އަދި ޔުނިވަރސިޓީ އޮފް އޮޓެގޯގައި މަސައްކަތްކުރާ، ސައިންޓިސްޓް ދެބަފައިން ކަމަށްވާ ޕްރޮފެސަރު ފިލްއާއި، ޕްރޮފެސަރު އެންތަނީ ބަޓްލާގެ 10 އަހަރުގެ މިންނަތް މަސައްކަތުން ކަމަށް ސާރންއިން ބުނެއެވެ.

މެޑިޕިކްސް3 ޓެކްނޮލޮޖީ ބޭނުންކޮށްގެން ފުރަތަމަ އެކްސްރޭ ނެގި އިންސާނަކީ، އެ ޓެކްނޯލޮޖީ އީޖާދުކުރި ފިލް ބަޓްލާއެވެ. އޭނާ ވަނީ، އޭނާގެ އަތުކުރިއާއި ތަނބިކަށީގެ ކުލަ އެކްސްރޭއެއް ނަގައިފައެވެ.

އަލަށް އުފެއްދި މި އީޖާދުގެ ސަބަބުން އިންސާނާގެ ހަށިގަނޑުގެ ކަށިތަކާއި ކަށިތަކުގެ ވަށައިގެންވާ ޓިޝޫތަކާއި އެހެނިހެން ބައިތަކުގެ މައުލޫމާތުތައް އާދައިގެ އެކްސްރޭއަކުން ފެންނަ ވަރަށްވުރެ މާ ތަފްސީލުކޮށް ދައްކުވައިދޭނެ ކަމަށް ސައިންޓިސްޓުން ބުނެއެވެ.

ސާރންއިން ބުނެފައިވާ ގޮތުން، މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި، ނިއުޒީލެންޑުގެ ކަށީގެ ބަލިހުންނަށް މީހުން ބޭނުންކޮށްގެން އަލަށް އީޖާދުކުރި މެޝިން ޓެސްޓުކުރަން ފަށާނެއެވެ.

އަލަށް އުފެއްދި 3ޑީ ކުލަ އެކްސްރޭ މެޝިން ބާޒާރަށް ނެރުމަށް ކުރާން ޖެހޭ މަސައްކަތް، ޔުނިވާސިޓީ އޮފް އޮޓެގޯ އަދި ކެންޓަބަރީގެ އެހީތެރިކަމާއެކު، މިހާރު ވަނީ، ނިއުޒިލޭންޑްގެ މާރސް ބައޯއިމޭޖިންގ ކުންފުންޏާ ހަވާލުކޮށްފައެވެ.

comment ކޮމެންޓް