ރައްތިޔުންގެ މަޖިލީހަށް ރައްޔިތުން އިންތިހާބު ކުރި އެންމެ ބޮޑު އެއް ބޭނުމަކީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުން ކަމަށާއި އެކަން ނުކޮށް މުސާރަ ނެގުން ދީނީ ގޮތުން ހުއްދަތޯ ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައިމަށް ރައްދުދެއްވައިފި އެވެ.
ޓްވިޓާގައި މި ދެ ބޭފުޅުންގެ ދެމެދުގައި ބަހުގެ ހަމަލާތައް ހޫނުވެފައި ވަނީ އިއްޔެ މ. އަތޮޅު މުލަކުގައި ވާހަކަފުޅު ދައްކަވަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދޭ ވޯޓަކީ މާތް ވެގެންވާ އިސްލާމް ދީނާއީ މި ރާއްޖޭގެ މިނިވަންކަމާ ދެކޮޅަށްދޭ ވޯޓެއް ކަމަށް ވިދާޅުވެ އަދުރޭ ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.
@AnaraNaeem Rayyithunge Majilis ah Rayyithun inthikh’aab kuree Rayyithunge hahgugai vakaalaathu nukoh,musaara naganthoa?thimaage magaamuge Qaanoonee zinmaa adhaa nukoh magaamuge musaara negumakee dheenee gothun konkahala kamehthoa?
— Abdul Raheem Abdulla (@Banafsaa) July 11, 2018
އަދުރޭ ދެއްކެވި އެ ވާހަކަފުޅާ ގުޅޭ ގޮތުން އަނާރާ ވަނީ ޓްވިޓާގައި އަދުރޭ އިސްލާމީ ފަތުވާ ދެމުންދާތީ ކަންބޮޑުވާ ކަމަށް ވިދާޅުވެފައިވެ އެވެ.
MP adhurey dheenee fathuvaa dhemundhaathee kanboduvey. https://t.co/3GJL21VF77
— Anara Naeem (@AnaraNaeem) July 11, 2018
އެ ސުވާލަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ ރައްތިޔުންގެ މަޖިލީހަށް ރައްޔިތުން އިންތިހާބު ކުރި އެންމެ ބޮޑު އެއް ބޭނުމަކީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުން ކަމަށާއި އެކަން ނުކޮށް މުސާރަ ނެގުން ދީނީ ގޮތުން ހުއްދަތޯ ސުވާލު ކުރައްވާފައިފަ އެވެ.
@AnaraNaeem islamdheenah furahsaara koh keerithi Rasool(SAW)ah hajoo jahaa adhi Dhivehi Raajje ah Baathil Dheen thah tha’aaraf kurumah masahkaiy kuraa bayakah vaagi verive,efadha meehunaa’eku masahkaiy kuraathee hithaama kuran.
— Abdul Raheem Abdulla (@Banafsaa) July 11, 2018
އަދި އަދުރޭ ވިދާޅުވެފައި ވަނީ އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ހަޖޫ ޖަހާ ދިވެހި ރާއްޖެ އަށް ބާތިލު ދީންތައް ތައާރަފް ކުރަން މަސައްކަތް ކުރާ ބަޔަކާ އެކު އަނާރާ މަސައްކަތް ކުރައްވާތީ އެކަމާ ހިތާމަ ފާޅުކުރާ ކަމަށް ވިދަޅުވެފަ އެވެ.
އިއްޔެ މުލަކުގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ އަމިއްލަ ގައުމާއި އިސްލާމް ދީނަށް ވުރެ ޕާޓީ މުހިންމު ނުކުރުމަށް އިދިކޮޅު ޕާޓީތަކަށް ގޮވާލައްވައިފަ އެވެ.
"ރައީސް ޔާމީނާ ދެކޮޅަށް ވޯޓު ދެއްވާ ކޮންމެ ރައްޔިތަކީ މާތް ވެގެންވާ އިސްލާމް ދީނާ ދެކޮޅަށް ވޯޓު ދެއްވާ ރައްޔިތެއް. އެއީ ދީނުގެ އަދުއްވެއް. މި ރާއްޖޭގެ މިނިވަންކަމުގެ އަދުއްވެއް،" އަދުރޭ ވިދާޅުވި އެވެ.