އއ. އުކުޅަހުގައި މިދިޔަ ހޮނިހިރު ދުވަހު އެމްޑީޕީން ބޭއްވި އެ ޕާޓީގެ ތިންވަނަ ކޮންގަރެންސް އިލެކްޝަން ކޮމިޝަން (އީސީ) އިން އޮބްޒާވްކުރި ކަމަށާއި އަދި މިހާތަނަށް އެކަމާ ގުޅޭ އެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އީސީގެ މެމްބަރު އަދި ތަރުޖަމާން އަހުމަދު އަކްރަމް 'ސަން' އަށް މިއަދު ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސް އެ ކޮމިޝަނުން ވަނީ އޮބްޒާވްކޮށްފައި ކަމަށެވެ. އަދި އުއްމީދަކީ އެ ކޮންގްރެސްއަކީ ގާނޫނާ އެއްގޮތަށް ބޭއްވި ކޮންގްރެސްއަކަށްވުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން މިހާތަނަށް އެމްޑީޕީގެ ކޮންގުރެސްއާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އީސީ އަށް ހުށަހަޅާފައިނުވާ ކަމަށް އަކްރަމް ވިދާޅުވި އެވެ. ނަމަވެސް ކޮންގްރެސްގެ ރިޕޯޓް އަދި އެމްޑީޕީގެ ފަރާތުން އެ ކޮމިޝަނަށް ހުށަހަޅާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮޑެތި މުހިއްމު ނިންމުންތަކެއް ނިންމި އެމްޑީޕީގެ ކޮންގަރެސްގައި 800 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވިއިރު، ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމުގެ ބާރު ގައުމީ މަޖިލީހަށާއި ކޮންގުރެސްއަށް ދިނުމަށް އެ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ގެނައެވެ.
އަދި ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް އެޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހަމަޖެއްސުމަށް ކޮންގުރެސްގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.
އަކްރަމް ވިދާޅުވީ، ގާނޫނާ އެއްގޮތަށް ހިންގާ ހުރިހާ ހަރަކާތަކަށް އިލެކްޝަން ކޮމިޝަނުން އެމްޑީޕީއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
comment އަލީ
7 year 9 month ago
ބަލަ އޮބްޒާވް ކުރި މީހުންނަކަށް އެއީ ގާނޫނާއި އެއްގޮތަށް ހިންގި ކަމެއް ކަމެއް ނޭގުނުދޯ؟ އެހެން އޮފީހަކުން އެކަން ބުނެދޭންތޯ ޖެހެނީ؟