މޯލްޑިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކޮށް، ދިވެހި ސިފައިންގެ ކްލަބުން ސީލައިފް ގްލޯބަލް 49 ވަނަ ގައުމީ ވޮލީބޯޅަ މުބާރާތް ކާމިޔާބުކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު އެ މުބާރާތުގެ ފައިނަލް މެޗު ސިފައިން ކާމިޔާބުކުރީ ވަރަށް މޮޅު ކުޅުމަކާއެކުއެވެ.
ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބާއި މޯލްޑިވިއަން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ކާމިޔާބުކޮށް، ސިފައިން ވަނީ ޗެމްޕިއަންކަން ހޯދާފައި --- ސަން ފޮޓޯ
ރޭގެ މެޗުގައި މޯލްޑިވިއަންގެ މައްޗަށް ސިފައިން ކުރި ހޯދީ 3-1 ސެޓުންނެވެ. އެ މެޗުގެ ފުރަތަމަ ދެ ސެޓު ގެންގޮސް ސިފައިން ހަމަޖެހިލިއެވެ. އެ ދެ ސެޓު ސިފައިން ގެންދިޔައީ 23-25 އަދި 21-25 އިންނެވެ.
ތިންވަނަ ސެޓު 25-18 އިން މޯލްޑިވިއަނުން ގެންދިޔަ ނަމަވެސް، ސިފައިން ވަނީ 22-25 އިން ފަހު ސެޓު ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ. އެ މެޗުގައި ސިފައިންގެ އަހްމަދު އަބްދުލްކަރީމް (ލޯންގޭ)ގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.
ގައުމީ ވޮލީބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މޯލްޑިވިއަންގެ ކުޑަކާއްޓޭ(ވ)އަށް ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް މުހުސިން ހަމީދު އިނާމު ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ
މިއަހަރުގެ ގައުމީ ވޮލީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މޯލްޑިވިއަންގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.