ހެނބަދޫ ކަޓުވާލުމަށް ފަހު ވެލިދޫ ސެމީ އަށް

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ކުއާޓާގެ ތިން ވަނަ މެޗުގައި ވެލިދޫ އާއި ހެނބަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ކާމިޔާބުކޮށް، ވެލިދޫ އިން ވަނީ ސެމީގެ ޖާގައެއް ހޯދާފައި ---

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގައި ހެނބަދޫ ބަލިކޮށް ވެލިދޫ އިން ސެމީ ފައިނަލުގެ ތިން ވަނަ ޖާގަ ކަށަވަރު ކޮށްފިއެވެ.

މާޅެންދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ކުއާޓާ ފައިނަލުގެ އެ މެޗު ވެލިދޫ އިން ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ހަމައެކަނި ލަނޑު 17 ވަނަ މިނެޓުގައި ވެލިދޫ އަށް ޖަހައިދިނީ ހުސެއިން ނިޝާން އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ކުއާޓާގެ ތިން ވަނަ މެޗުގައި ވެލިދޫ އާއި ހެނބަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ކާމިޔާބުކޮށް، ވެލިދޫ އިން ވަނީ ސެމީގެ ޖާގައެއް ހޯދާފައި ---

ވެލިދޫގެ އިތުރުން ހޮޅުދޫ އާއި މިލަދޫ ވެސް ވަނީ ސެމީގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. މިލަދޫން ސެމީގެ ޖާގައެއް ކަށަވަރުކުރީ ކުއާޓާގެ ފުރަތަމަ މެޗުގައި މަނަދޫ ބަލިކޮށްގެންނެވެ. ހޮޅުދޫ އިން ސެމީ އިން ޖާގަ ހޯދީ އިއްޔެ ކުޑަފަރީ އާ ދެކޮޅަށް ކުޅުނު މެޗު ޕެނަލްޓީން ކުރި ހޯދައިގެންނެވެ. މާދަމާ ހަވީރު ކުޅޭ ކުއާޓާގެ ހަތަރު ވަނަ މެޗުގައި ބައްދަލުކުރާނީ ލަންދޫ އާއި މާޅެންދޫ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ކުއާޓާގެ ތިން ވަނަ މެޗުގައި ވެލިދޫ އާއި ހެނބަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ކާމިޔާބުކޮށް، ވެލިދޫ އިން ވަނީ ސެމީގެ ޖާގައެއް ހޯދާފައި ---

ސިޔާމް މައުރޫފް ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާ އެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 12 ރަށަކުން ވާދަކުރެ އެވެ.

comment ކޮމެންޓް