ޕެނަލްޓީގައި ކުޑަފަރީ ބަލިކޮށް، ހޮޅުދޫން ސެމީގެ ޖާގައެއް ހޯދައިފި

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ކުއާޓާގެ ދެ ވަނަ މެޗުގައި ހޮޅުދުއާއި ކުޑަފަރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ކާމިޔާބުކޮށް، ހޮޅުދޫން ވަނީ ސެމީގެ ޖާގައެއް ހޯދާފައި ---

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގައި ޕެނަލްޓީ ޖަހައިގެން ކުޑަފަރީ ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ހޮޅުދޫން ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.

ނ. މާޅެންދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޑަފަރީ އާއި ހޮޅުދޫ ކުޅުނު ކުއާޓާގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ. ޕެނަލްޓީ ޖަހައިގެން ހޮޅުދޫ މޮޅުވީ 4-3 ގެ ނަތީޖާ އަކުންނެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ކުއާޓާގެ ދެ ވަނަ މެޗުގައި ހޮޅުދުއާއި ކުޑަފަރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ކާމިޔާބުކޮށް، ހޮޅުދޫން ވަނީ ސެމީގެ ޖާގައެއް ހޯދާފައި ---

ޕެނަލްޓީ ޝޫޓް އައުޓްގައި ހޮޅުދޫގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އަބްދުﷲ ނިއުޝާދާއި މުހައްމަދު ޒަމީރާއި މުހައްމަދު ރިޔާޒް އަދި އަހްމަދު ރީހާނެވެ. ކުޑަފަރީގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ މުހައްމަދު މިހާދާއި އަބްދުﷲ ސިޔާމް އަދި ހަސަން ސޯދިގެވެ.

ހޮޅުދޫގެ އިތުރުން މިލަދޫ ވެސް ވަނީ ސެމީގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. މިލަދޫން ސެމީގެ ޖާގައެއް ކަށަވަރުކުރީ ކުއާޓާގެ ފުރަތަމަ މެޗުގައި މަނަދޫ ބަލިކޮށްގެންނެވެ. މާދަމާ ހަވީރު ކުޅޭ ކުއާޓާގެ ތިން ވަނަ މެޗުގައި ބައްދަލުކުރާނީ ހެނބަދުއާއި ވެލިދޫ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ކުއާޓާގެ ދެ ވަނަ މެޗުގައި ހޮޅުދުއާއި ކުޑަފަރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ކާމިޔާބުކޮށް، ހޮޅުދޫން ވަނީ ސެމީގެ ޖާގައެއް ހޯދާފައި ---

ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.

ސިޔާމް މައުރޫފް ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާ އެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 12 ރަށަކުން ވާދަކުރެ އެވެ.

comment ކޮމެންޓް