އަގުހެޔޮ އައިޕެޑެއް އަންނަ އަހަރު ނެރެނީ

އައިޕެޑް މިނީ 4 ---

އެޕަލްގެ އުފެއްދުންތަކަށް ހިތް އެދުނަސް ގިނަ ފަހަރު ވާގޮތަކީ އަގުބޮޑު ކަމުން އެ އުފެއްދުންތައް އަމިއްލަ ކުރުމުގެ ފުރުސަތު ގިނަ ބަޔަކަށް ނުލިބެނީ އެވެ.

އެޕަލް އިން އަންނަނީ އެ ކުންފުނީގެ އުފެއްދުންތަކަށް ލޯބިކުރާ މީހުންގެ ތެރެއިން އަގުބޮޑު އުފެއްދުންތައް ނުގަނެވޭ މީހުންނަށް ހާއްސަކޮށްގެން އުފެއްދުންތައް ތައާރަފް ކުރަމުންނެވެ. އެގޮތުން އެންމެ ފާހަގަ ކުރެވެނީ އައިފޯން އެސްއީ އެވެ.

ވިޔަފާރީގެ ހަބަރުތަކާއި ޓެކްނޮލޮޖީގެ ހަބަރުތައް ގެނެސްދޭ ބޭރުގެ ވެބްސައިޓްތައް ބުނާގޮތުން، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އެސްއީގެ އާ ވާޝަން އެއް ނެރުމަށް އެޕަލް އިން ދަނީ ތައްޔާރުވަމުންނެވެ.

މީގެ އިތުރުން އެޕަލް އިންް ވަނީ 259 ޑޮލަރުގެ އައިޕެޑެއް ނެރެން ވެސް ނިންމައިފަ އެވެ. 9.7 އިންޗީގެ މި އައިޕެޑު އަންނަ އަހަރުގެ ދެ ވަނަ ކުއަޓަރުގައި ރިލީޒްކުރާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

އައިޕެޑްގެ އާ ވާޝަންއެއް ނެރެން ނިންމާފައިވާ އިރު، "ޓެބްލެޓް" ގެ ޒަމާން ނިމުމަކަށް އަންނަ ކަމަށް ވެސް ގިނަ ބަޔަކު ބުނެ އެވެ. ނަމަވެސް އަގުހެޔޮ އައިޕެޑެއް ނެރެފި ނަމަ އެއާދިމާއަށް ދާނެ އެތައް ބަޔަކު އަދިވެސް އެބަ ތިއްބެވެ.

comment ކޮމެންޓް