އެޕަލް ވޮޗް ސީރީޒް 10ގެ ބެޓެރީ ލައިފް ރަނގަޅު ވާނެ: ރިޕޯޓް

އެޕަލްއިން ކުރިއަށް ނެރެންއޮތް އެޕަލްވޮޗް 10 --

އެޕަލްގެ ނެކްސްޓް ޖެނެރޭޝަންގެ ސްމާޓްވޮޗް، އެޕަލް ވޮޗް ސީރީޒް 10 މި އަހަރުގެ ފަހުކޮޅު ލޯންޗްކުރާއިރު ބެޓެރީގެ ޢުމުރު ރަނގަޅުވެދާނެ ކަމަށް އާ ރިޕޯޓެއްގައި ބުނެފިއެވެ.

އެ ރިޕޯޓްގައި ބުނެފައިވަނީ އެޕަލްވޮޓް 10 ގެ ބެޓްރީ ލައިފް ރަނގަޅުވާނެކަމަށް ބެލެވެނީ އޭގެ ޑިސްޕްލޭ ޓެކްނޮލޮޖީ އަށް ބަދަލު ގެނެސްފައިވާތީ ކަމުގައެވެ.

ދެކުނު ކޮރެއާގެ ޕަބްލިކޭޝަނެއް ކަމަށްވާ އެލެކް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެޕަލް ވޮޗް ސީރީޒް 10 ގައި ހުންނާނީ ލޯ ޓެމްޕަރޭޗާ ޕޮލިކްރިސްޓަލައިން އޮކްސައިޑް (އެލްޓީޕީއޯ) އާއި ތިން-ފިލްމް ޓްރާންސިސްޓާ (ޓީއެފްޓީ) ޓެކްނޮލޮޖީބޭނުންކޮށްގެން ހަދާފައިވާ އޯލެޑް ޑިސްޕްލޭއެކެވެ.

މިއީ މިހާރުގެ އެޕަލް ވޮޗް ސީރީޒް ނުވަޔަކާ، ވަރަށް ބޮޑަށް ތަފާތު ޓެކްނޮލޮޖީއެކެވެ. އެ ކުންފުނީގެ ގިނަ ސްވިޗިން ޓްރާންސިސްޓަރުތަކަށް މިހާރު ބޭނުންކުރަނީ ލޯ ޓެމްޕަރޭޗާ ޕޮލިކްރިސްޓަލައިން ސިލިކަން (އެލްޓީޕީއެސް) ކަމަށްވެސް އެރިޕޯޓްގައި ބުނެފައިވެއެވެ.

މި ރިޕޯޓަކީ ސޮފްޓްވެއާ އޮޕްޓިމައިޒޭޝަންތަކާއި ޒަމާނީ ހާޑްވެއާ އިންޖިނިއަރިންގެ މިކްސްގެ ޒަރިއްޔާއިން އެޕަލްގެ ޕްރޮޑަކްޓް ލައިންއަޕްގައި ޕަވާ މެނޭޖްމަންޓް ހަރުދަނާ ކުރުމަށް އެޕަލް އިން ދާދި ފަހުން ކުރި މަސައްކަތާ ގުޅިފައިވާ ރިޕޯޓެކެވެ.

ބެޓެރީގެ ދިގު އުމުރަކީ އެޕަލް ވޮޗް ބޭނުންކުރާ ފަރާތްތަކުން ވަރަށް ގިނައިން އެދޭ ކަމެކެވެ.

ޑިސްޕްލޭ އަޕްގްރޭޑްތަކެއް އަންނާނެ ކަމަށް ބެލެވޭ އިރު، އެޕަލް ވޮޗް ސީރީޒް 10 އަށް އެޕަލް އިން ހޯދަމުން އަންނަ އެހެން އެޑްވާންސް ސްކްރީން ޓެކްނޮލޮޖީތައް ވެސް ހިމެނެއެވެ.

ބްލޫމްބާގް އިން ދާދި ފަހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ތަރައްގީގެ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުމުން މުސްތަގުބަލުގައި އުފައްދާ ޕްރޮޑަކްޓްތަކަށް މައިކްރޯލެޑް ޕެނަލް އުފެއްދުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތް މިވަގުތަށް ވަނީ މަޑުޖައްސާލާފައެވެ.

އޭގެ ބަދަލުގައި، ސީރީޒް 10 ގެ ގަޑިއަކީ އޯލެޑް ޑިސްޕްލޭއަކާ އެކު ތަޢާރަފްކުރާނެ ގަޑިއެއް ކަމަށް ބެލެވެއެވެ.

އެޕަލް އިން އާ ގަޑިތައް ނެރެން ހަމަޖެހިފައިވާއިރު 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އަޕްޑޭޓް ކޮށްފައިވާ އައިފޯން 16 ލައިންއަޕެއް ވެސް ނެރޭނެ ކަމަށް ބެލެވެއެވެ.

ސްމާޓް ވެއާބަލްސް އިތުރު ސެންސަރުތަކާއި ޕްރޮސެސިން ކެޕޭސިޓީތަކާ އެކު ކުރިއަރަމުން އަންނައިރު، ޕަވާ މެނޭޖްމަންޓަކީ އެ މީހުންގެ މެއިންސްޓްރީމް އެޑޮޕްޓް ކުރުމުގައި ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެމިއޮންނާނެއެވެ.

ސީރީޒް 10 ގެ އަގާއި ފީޗާ ސެޓާއި ސީދާ ބެޓެރީ އަންދާޒާ ފަދަ ތަފްސީލުތައް މިވަގުތު އޮތީ ސިއްރުކޮށްފައެވެ. ނަމަވެސް އަގުތަކާއެކު އޭގެ ފީޗާތަކުގެ ތަފްޞީލްތައް ވަރަށް އަވަހަށް ޓެކް މީޑިއާތަކަށް ތިލަވާނެކަމަށް ބެލެވެއެވެ.

comment ކޮމެންޓް