ހާބަރު ފުޑްކޯޓުތައް ހަދަން ބޭނުން ކުރަމުންދިޔަ ކެރޭނެއް ފުރޮޅާލައިފި

6 ނޮވެމްބަރ 2017: މާލެ، ހުޅަނގު ދެކުނު ފަރާތުގައި ފުޑް ކޯޓުތައް ހެދުމުގެ މަސަތްކަތުގައި ބޭނުން ކުރަމުން ދިޔަ ކެރޭނު ފުރޮޅާލުމުން، ކެރޭނު ނެގުމުގެ މަސަތްކަތް ކުރަނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ހާބަރު ސަރަހައްދުގައި ފުޑް ކޯޓުތައް ހެދުމަށް ބޭނުންކުރަމުންދިޔަ ކެރޭނެއް ފުރޮޅާލައިފިއެވެ.

އެ ހާދިސާ ހިނގާފައިވަނީ މިއަދު އިރު އޮއްސުނު ވަގުތު ވިޔަފާރިވެރިންގެ މިސްކިތް ކައިރިން އަމީނީ މަގުގައެވެ.

މަންޒަރު ދުށް ފަރާތަކުން 'ސަން' އަށް ކިޔައިދިން ގޮތުގައި ކެރޭނެ ފުރޮޅާލީ ކެރޭނުން އެއްޗިހިތަކެއް ފުޑް ކޯޓަށް ވައްދަން އުޅުމުގެ ތެރޭގައި ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ކުރީގެ 'ހާބަރު ކަޑަ'ތައް ހުރި ސަރަހައްދުގައި އެސްޓީއޯ އިން އަންނަނީ ފުޓް ކޯޓްތަކެއް އަޅަމުންނެވެ. އެ ސަރަހައްދަށް އެ ކެރޭނު ފުރޮޅާލާފައި ވަނީ ވެސް ފުޓް ކޯޓުތަކުގެ މަސަތްކަތުގައި ހަރަކާތްތެރިވަނިކޮށެވެ.

އެކަމާ ގުޅިގެން އެސްޓިއޯގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ ހާދިސާ ހިނގިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެކެސްކަވޭޓަރެއް ބޭނުންކޮށްގެން ކެރޭނެ ނަގާފައިވާ ކަމަށެވެ. އަދި ކެރޭނު ފުރޮޅާލުމުން މީހަކަށް އަދި މުދަލަކަށް ވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް