ހުޅުމާލެ ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އެކަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހި ނިރޮޅު މަގު، މުނި ހޯމްކެއާ މިސްކިތް ކައިރީ ދެ ސައިކަލު އެކްސިޑެންޓުވި މައްސަލައެއް ދާދި ދެންމެއަކު ރިޕޯޓުކޮށްފައި ވާކަމަށެވެ.
މި އެކްސިޑެންޓުގައި، ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ފަރުވާދިނުމަށް ގެންގޮސްފައި ވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓުވި ސައިކަލަކަށް އެކިވަރުގެ ގެއްލުންތައް ވެފައި ވެއެވެ. އަދި އެ ސަރަހައްދުގައި ގިނަ ބަޔަކު ހަރަކާތްތެރިވާ މަންޒަރު ފެންނައިރު، މީހަކު ބިންމަތީ ވެއްޓިފައިވާ މަންޒަރު ވެސް ފެނެއެވެ.