އޭއެފްސީ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކޮލިފިކޭޝަންގައި ރާއްޖެ ކުޅުނު ދެ ވަނަ މެޗުން ބަންގްލަދޭޝް އަތުން ބަލި ވެއްޖެއެވެ.
ތަޖިކިސްތާނުގައި ކުޅުނު ކޮލިފިކޭޝަން ގްރޫޕް ބީ ގެ ދެވަނަ މެޗުން ރާއްޖެ ބަލިވެފައި ވަނީ 0-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ހަމައެކަނި ލަނޑަކީ މެޗުގެ ނިމެން ކައިރިވެފައި ވަނިކޮށް ރާއްޖޭ ކުޅުންތެރިޔެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެވެ.
އެ ގްރޫޕުގައި މިއަދު އުޒްބަކިސްތާނާއި ސްރީލަންކާ ބައްދަލު ކުރި މެޗު 0-10 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރީ އުޒްބަކިސްތާނެވެ. މި މޮޅާއެކު އުޒްބަކިސްތާނު ވަނީ ތިން ޕޮއިންޓާއެކު ގްރޫޕުގެ ދެވަނަ އަށް ޖެހިލާފައެވެ. އެއްވަނައިގަ ހަތަރު ޕޮއިންޓާއެކު ބަންގްލަދޭޝް އޮތް އިރު ރާއްޖެ އަދި ލަންކާ އަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.
ކޮލިފިކޭޝަން ގްރޫޕް ބީ ގެ ފުރަތަމަ މެޗުގައި ރާއްޖެ އާއި ސްރީލަންކާ ބައްދަލު ކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ އުޒްބަކިސްތާނާ ދެކޮޅަށެވެ.