ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް ސޮނީ ސްޕޯޓްސް

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކަށް ސޮނީ ސްޕޯޓްސް ހަމަޖެއްސުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 16ގައި --- ފޮޓޯ/ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ގޯލްޑަން ފުޓްސަލް ޗެލެންޖް 2017"ގެ ޓައިޓަލް ސްޕޮންސަރަކަށް ސޮނީ ސްޕޯޓްސް ހަމަޖައްސައިފި އެވެ.

އެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ސޮނީ ސްޕޯޓްސް ހަމަޖެއްސުމަށް ޓަކައި އިއްޔެ މެންދުރު ފަހު ބޭއްވި ރަސްމިއްޔާތެއްގައި ސްޕޮންސާޝިޕް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކަށް ސޮނީ ސްޕޯޓްސް ހަމަޖެއްސުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 16ގައި --- ފޮޓޯ/ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

އިއްޔެ ސޮނީ ސްޕޯޓްސްގައި ބޭއްވި ރަސްމިއްޔާތުގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާއެވެ. އަދި ސޮނީ ސްޕޯޓްސްގެ ފަރާތުން ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެސިސްޓަންޓް މާކެޓިން މެނޭޖަރު އާމިނަތު ޔުސްރާއެވެ.

އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ފެށޭ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގައި އެ މުބާރާތުގައި ޖުމްލަ 50 ޓީމު ބައިވެރިވެފައިވެ އެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ވެސް ޖުމްލަ 50 ޓީމެއް ވާދަކޮށްފައިވެ އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް އެ މުބާރާތް ކުރިއަށްދަނީ ތިން ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރަކީ އަތޮޅު ބުރު ކަމަށްވާއިރު، ލީގު އުސޫލުން ކުޅުމަށް ފަހު އަތޮޅު ޗެމްޕިއަންކަން ލިބޭނީ އެންމެ ކުރީގައި އޮންނަ ޓީމަށެވެ. އަތޮޅު ޗެމްޕިއަނުން ވާދަކުރާ ޒޯން ބުރު ވެސް ލީގު އުސޫލުން ކުޅުމަށް ފަހު ޗެމްޕިއަންކަން ލިބޭނީ އެންމެ ކުރީގައި އޮންނަ ޓީމަށެވެ. އަދި ޒޯން ބުރުގެ ރަނަރަޕާއި ޗެމްޕިއަނުންނަށް މުބާރާތުގެ ފައިނަލް ބުރުން ޖާގައެއް ލިބިގެންދާނެ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކަށް ސޮނީ ސްޕޯޓްސް ހަމަޖެއްސުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 16ގައި --- ފޮޓޯ/ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

މިއަހަރު އެ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ދޭ ފައިސާގެ އިނާމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މިދިޔަ އަހަރު ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިއަހަރު ޗެމްޕިއަން ޓީމަށް ހުށަހަޅާފައި ވަނީ 65،000 ރުފިޔާ އެވެ. މިދިޔަ އަހަރު ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިއަހަރު ރަނަރަޕް ޓީމަށް ހުށަހަޅާފައި ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މިއަހަރުގެ މުބާރާތް ހުޅުވާ ގޮތުން ހާއްސަ މެޗެއް ކުޅުމަށް ވެސް ހަމަޖެހިފައިވެ އެވެ. އެ މެޗުގައި ވާދަކުރާނީ މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ތ. ތިމަރަފުށްޓާއި މިއަހަރުގެ ސެޕްޓެމްބަރު މަހު ފަށާ އައިލެންޑް ކަޕްގެ ޗެމްޕިއަން ޓީމެވެ. އެ މެޗުން މޮޅުވާ ޓީމަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.

comment ކޮމެންޓް