ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ފައިނަލް މިރޭ

ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް މެޗު މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ޑީއެސްސީގެ އަހްމަދު ރަޒުނީ(ކ) --- ފޮޓޯ/ ހޭންޑްބޯލް މޯލްޑިވްސް

ތިންވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު މިރޭ ކުރިއަށްދާނެއެވެ.

މާފަންނު ސްޓޭޑިއަމް ވެލިދަނޑުގައި މިރޭ 8:00ގައި ކުޅޭ އެ މުބާރާތުގައި ފައިނަލު މެޗުގައި ވާދަކުރާނީ ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އާއި ޔޫތު ސްޕޯޓްސް ކްލަބެވެ.

އެ މުބާރާތުގެ ފައިނަލުން ޔޫތު ސްޕޯޓްސް ކްލަބު ޖާގަ ހޯދީ ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެ މުބާރާތުގެ ލީގު ބުރުގައި ކުޅުނު ހަތަރު މެޗު ވެސް ޔޫތުން ވަނީ ކާމިޔާބުކޮށްފައެވެ.

ފައިނަލުގެ ޖާގައެއް ސިފައިންނަށް ލިބުނީ ސެމީ ފައިނަލުގައި ޕޮލިސް ކްލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ މެޗުގައި ސިފައިން ވަނީ ފުލުހުންނާ ވާދަކޮށް 34-24 ލަނޑުން މޮޅުވެފައެވެ.

މި އަހަރުގެ މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ބައިވެރިވެފައިވެއެވެ. ޔޫތާއި ސިފައިންގެ އިތުރުން ދެން އެ މުބާރާތުގައި ބައިވެރިވެފައިވަނީ ލަޔަންސްއާއި ޓީރެކްސް ސްޕޯޓްސް އެކަޑަމީ (ޓީއެސްއޭ) އަދި ފުލުހުންނެވެ.

comment ކޮމެންޓް