ގައުމީ ހޭންޑްބޯޅަ މުބާރާތް އަންނަ ހޮނިހިރު ދުވަހު ފަށަނީ

ހޭންޑްބޯލް މޯލްޑިވްސް އިން ބޭއްވި އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތުގެ އެއްވަނަ ޑިވިޝަންގެ ފައިނަލުގައި ކްލަބު އިމިގްރޭޝަނާއި އައިޖީއެމްއެޗް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ ހޭންޑްބޯލް މޯލްޑިވްސް

ދިހަވަނަ ގައުމީ ހޭންޑްބޯޅަ މުބާރާތް އަންނަ ހޮނިހިރު ދުވަހު ފެށުމަށް ތާވަލުކޮށްފިއެވެ.

ހޭންޑްބޯލް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ގައުމީ ހޭންޑްބޯޅަ މުބާރާތް ކުރިއަށްދާނީ ދެ ޑިވިޝަނަކަށެވެ.

އެ މުބާރާތުގެ އެއްވަނަ ޑިވިޝަންގެ ފިރިހެން އަދި އަންހެން ބައިގައި ވާދަކުރަނީ ތިން ޓީމެކެވެ. އެހެންކަމުން ލީގު އުސޫލުން ދެ ބުރެއް ކުރިއަށްގެންދިއުމަށް ފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަކަށް ފައިނަލުގެ ފުރުސަތެއް ލިބިގެންދާނެއެވެ.

އެ މުބާރާތުގެ ދެވަނަ ޑިވިޝަންގެ ފިރިހެން ބައިގައި ޖުމުލަ އަށް ޓީމެއް ވާދަކުރާ އިރު، އެ ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފައެވެ. ގްރޫޕު ސްޓޭޖު މެޗުތަކަށްފަހު ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.

ދެވަނަ ޑިވިޝަންގެ އަންހެން ބައިގައި ޖުމުލަ 16 ޓީމެއް ވާދަކުރާ އިރު، އެ ޓީމުތައް ބަހާލާފައިވަނީ ހަތަރު ގްރޫޕަކަށެވެ. ގްރޫޕު ސްޓޭޖު މެޗުތަކަށް ފަހު ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަކަށް ކުއާޓާ ފައިނަލުގެ ޖާގަތައް ލިބިގެންދާނެއެވެ.

އެއްވަނަ ޑިވިޝަންގެ ފިރިހެން ބައިގައި ވާދަކުރާ ޓީމުތައް:

  • ކްލަބު ޒެފްރޯލް
  • ވެލިދޫ ޔުނައިޓެޑް
  • ފިއުޗާ ސްޕޯޓްސް ކްލަބު އެކަޑަމީ

އެއްވަނަ ޑިވިޝަންގެ އަންހެން ބައިގައި ވާދަކުރާ ޓީމުތައް:

  • ރެޑްހޯކްސް ސްޕޯޓްސް ކްލަބު
  • ކީންސް ސްޕޯޓްސް ކްލަބު
  • އޮރީކްސް ހޭންޑްބޯލް ކްލަބު

ދެވަނަ ޑިވިޝަންގެ ފިރިހެން ބައިގައި ވާދަކުރާ ޓީމުތައް:

  • ބޮންތި ސްޕޯޓްސް ކްލަބު
  • ޓެންޓް ސްޕޯޓްސް ކްލަބު
  • ވަކަންޑާ ސްޕޯޓްސް ކްލަބު
  • ސީންސް ސްޕޯޓްސް ކްލަބު
  • ރޭވަންސް ސްޕޯޓްސް ކްލަބު
  • އޮސްޕްރޭ ސްޕޯޓްސް އެކަޑަމީ
  • ފިއެންޓީ ސްޕޯޓްސް ކްލަބު
  • ފްލައިންގް އީގަލް ސްޕޯޓްސް ކްލަބު

ދެވަނަ ޑިވިޝަންގެ އަންހެން ބައިގައި ވާދަކުރާ ޓީމުތައް:

  • އަސްދިގާ ސްޕޯޓްސް ކްލަބު
  • ޕާލް ސްޕޯޓްސް ކްލަބު
  • ހޯކެޓްސް ސްޕޯޓްސް ކްލަބު
  • ތުޅާދޫ ޔަންގް އީގަލް ސްޕޯޓްސް
  • ޕްރޯ ސްޕޯޓްސް އެކަޑަމީ
  • ފޭސް 2 ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް
  • ސުޕާ ޖެނެރޭޝަން ކްލަބު
  • ނައިސް ސްޕޯޓްސް އެކަޑަމީ
  • ގަލަކްޓިކޯ ސްޕޯޓްސް ކްލަބު
  • ޒެނިތު ސްޕޯޓްސް ކްލަބު
  • ކްލަބު ޒެފްރޯލް
  • ރެޑްވިންގްސް
  • ފުލިދޫ ޔޫތު ސްޕޯޓްސް ކްލަބު
  • އާއި ސްޕޯޓްސް ކްލަބު
  • ބޮންތި ސްޕޯޓްސް ކްލަބު
  • ޔޫތު ސްޕޯޓްސް ކްލަބު
comment ކޮމެންޓް