މެމްބަރުނަށް ރިޝްވަތުދޭން އުޅުނު ކަމަށް ބުނެ ފާރިސްގެ މައްސަލަ ޕީޖީއަށް ފޮނުވައިފި

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދޭން އުޅުނު ކަމަށް ބުނެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ފާރިސްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ އެ އޮފީހުން އަންނަނީ ދިރާސާ ކުރަމުން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފާރިސް ހައްޔަރުކުރީ މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ފާރިސް ދިރިއުޅޭ މއ. ސުނޯރޯސްގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައެވެ. ނަމަވެސް އެގެއިން މައްސަލައާ ގުޅުންހުރި ހެކި ފެނުނު ކަމަށް ފުލުހުން ނުބުނެއެވެ. ހަމައެހެންމެ ފުލުހުން ވަނީ އެގޭގެ ސީސީޓީވީ ފްޓޭޖްވެސް ގެންގޮސްފައެވެ.

comment ކޮމެންޓް