މަޖިލީހުގެ 12 މެމްބަރެއްގެ މައްސަލަ ޕީޖީއަށް ފޮނުވައިފި

މިދިޔަ މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރެއަށް ވަން މައްސަލާގައި ދައުވާކުރަން ފޮނުވާފައިވާ 12 މަޖިލިސް މެމްބަރުން -- ފައިލް ފޮޓޯ

މިދިޔަ މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރެއަށް ވަން މައްސަލާގައި 12 މަޖިލިސް މެމްބަރެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ 12 މެމްބަރުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން އެ އޮފީހަށް ފޮނުވާފައި ވަނީ ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރެއަށް ވަން މައްސަލައާ ގުޅިގެން ކަމަށެވެ.

އެ މެމްބަރުންނަކީ:

  • ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު
  • ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް
  • މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު
  • ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ
  • ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
  • ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
  • ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް
  • ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު
  • ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
  • ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް
  • ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން
  • މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު

އެ 12 މެމްބަރުން އެކި ދުވަސްމަތިން ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ވަނީ ބަޔާން ނަގާފައެވެ.

އެ މެމްބަރުންގެ ތެރެއިން ސައުދާއި އަމީތުގެ އިތުރުން ވަހީދު ހުރީ ފުލުހުންގެ ބަންދުގައެވެ. އެ ތިން މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުމުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

އެ މައްސަލައިގެ އަޑުއެހުންތައް އިއްޔެ ވަނީ ނިންމާލާފައެވެ.

comment ކޮމެންޓް