ރާއްޖޭގެ އެންމެ ރީތި ފިރިހެނާގެ މަގާމަށް ވާދަކުރާ 25 ބައިވެރީންނާއެކު މުބާރާތް މިރޭ!

މިދިޔަ އަހަރު ބޭއްވި ބޭޑްލެބް މިސްޓަރ މޯލްޑިވްސް މުބާރާތުގެ ތެރެއިން--ފޮޓޯ/ ޗޮޕް އާޓް

ބޮޑު ތަފާތުތަކަކާ އެކު، މުހިއްމު ހަރަކާތްތަކެއް ހިމެނޭ ގޮތަށް ރާއްޖޭގައި ބާއްވާ ހަމައެކަނި ބޮޑީ ބިލްޑިންގް މުބާރާތް "ބޭޑް ލެބް މިސްޓަ މޯލްޑިވްސް" މިރޭ ފަށާނެއެވެ.

އެ މުބާރާތް އިންތިޒާމް ކުރާ ޗޮޕް އާޓުން މިރޭ މުބާރާތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ އިރު، މުބާރާތް ކުރިއަށް ދާނީ ނޭޝަނަލް އާޓް ގެލަރީގައެވެ.

މި ފަހަރުގެ މުބާރާތުގައި ޖުމުލަ 25 ބައިވެރިންވާދަކުރާއިރު މިއީ މިދިޔަ އަހަރަށްވުރެ އިތުރު އަދެދެކެވެ.

ތަފާތު ތަކަކާ އެކު މި އަހަރު ކުރިއަށްގެންދާ އެ މުބާރާތުގެ ޓައިޓަލް ސްޕޯންސަރަކަށް ހަމަޖައްސާފައިވަނީ މިދިޔަ އަހަރުވެސް އެ މުބާރަތުގެ ޓައިޓަލް ސްޕޮންސަރ އޭޑިކޭ ޖެނެރަލް ޓެރޭޑިންގް އިން ރާއްޖެ އެތެރެކުރާ " ބޭޑްލެބް" ބްރޭންޑެވެ.

ސަން ފޮޓޯ/ މުހައްމަދު ޝާފީ

މިދިޔަ އަހަރު ބޭއްވި އެ މުބާރާތުގެ ޓައިޓަލް ވިނާއަކީ މުހައްމަދު ރަޝީދެވެ. "ފަސްްޓް ރަނަރަޕް " އަކީ ޝާހިން އިބްރާހިމްއެވެ. "ސެކަންޑް ރަނަރަޕް" އަކީ މުހައްމަދު މޫސާއެވެ.
މުބާރާތުގެ ފިޒިކް ކެޓަގަރީގެ އެއްވަނައަކީ ފާލިހް މުހައްމަދުއެވެ. "ފަސްްޓް ރަނަރަޕް" އަކީ އަހްމަދު ސަލީމްއެވެ. "ސެކަންޑް ރަނަރަޕް" އަކީ އިސްމާއިލް ޝުއާއު އެވެ.

މި އަހަރުގެ ބޮޑީ ބިލްޑިން ބައިގެ އެއްވަނައަށް ހޮވޭ މީހަކަށް ށް 50،000 ރުފިޔާ ދޭއިރު ފިޒިކް ކެޓަގަރީ ގެ އެއްވަނައަށް 30،000ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް