ގެރީގެ ކުޑަކަމުދާ ތަކެތިންނާއި ގުއިން ދަތްއުނގުޅާ ބޭހާއި ސައިބޯނި އުފައްދަން ފަށައިފި

ގެރިގުއިން ތައްޔާރުކޮށްފައިވާ ސައިބޯނި

ގެރިއަކީ އިންޑިއާގެ ހިންދޫންގެ މެދުގައި ވަރަށް މުގައްދަސް ޖަނަވާރެކެވެ. ހިންދޫން އާއްމުކޮށް ގެރިއަށް މުހާތަބްކުރަނީ "މަންމަ" ގެނަމުންނެވެ. ހިންދޫންގެ ބައެއް މިހުންނަކީ ގަވައިދުން ގެރީގެ ކުޑަކަމުދާ ތެކެތި ބޯމީހުންނެވެ. އެމީހުންދެކޭ ގޮތުގައި އެބުއިމުގެ ސަބަބުން ކެންސަރާއި އަދި ޑައެބެޓިކްސް ފަދަ ބަލިތަކުން ދުރުކޮށްދެ އެވެ.

މުންބާއީގެ ކުންފުންޏެއް ކަމަށްވަ "ކައުޕަތީ" އިން މިހާރު ދަނީ ގެރީގެ ކުޑަކަމުދާ ތަކެތިންނާ އަދި ގުއިން ދަތްއުނގުޅާ ބޭހާއި ސައިބޯނި އުފައްދަމުންނެވެ. އެކުންފުނިން ބުނި ގޮތުގައި އެއުފައްދާ ތަކެތީގައި ސިއްހީގޮތުން ވަރަށް ގިނަ ފައިދާތަކެއް ހިމެނޭނެ އެވެ.

އެކުންފުނިން ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައި އެމީހުން ގެރީގެ ތަކެތިން އުފައްދާ އުފައްދުންތައް ކޮސްމެޓިކްސް އަށް ވެސް ފުޅަކުރާނެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ކަމަށް ނަރެންދުރަ މޯދީ ވަޑައިގެންނެވި ފަހުން ގެރިއަށް ދެއްވާ ސަމާލުކަން ވަނީ ވަރަށް ބޮޑަށް އިތުރުކުރައްވައިފަ އެވެ. އެގޮތުން މޯދީ ވަނީ ގެރިއަށް ޓަކައި ވަކި ހާއްސަ މިނިސްޓްރީއެއް ވެސް އުފައްދައިފަ އެވެ.

comment ކޮމެންޓް