ހައުސިންގެ ދެވަނަ މެޗު ވެސް ކާމިޔާބުކޮށް، ސެމީގެ އުންމީދު ބޮޑުކޮށްފި

ސުޒުކީ ވިލި މުއައްސަސާ ކަޕްގައި ހައުސިން މިނިސްޓްރީއާއި މުހްޔިއްދީން ސްކޫލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ހައުސިން މޮޅުވީ 8-3 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެންޓޮމް

ކްލަބް އެމްޓީސީސީއާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓާ ގުޅިގެން ބާއްވާ ސުޒުކީ ވިލި މުއައްސަސާ ކަޕް 'ގްރޫޕް ބީ'ގައި ޓީމް ހައުސިން ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށް، ސެމީ ފައިނަލުގެ އުންމީދު ބޮޑުކޮށްފިއެވެ.

ވިލިމާލޭ ފުޓްސަލް ދަނޑުގައި ކުރިއަށްދާ އެ މުބާރާތުގެ 'ގްރޫޕް ބީ'ގައި ރޭ ކުޅުނު މެޗުގައި ހައުސިން ވަނީ 8-3 ލަނޑުގެ ނަތީޖާއަކުން މުހްޔިއްދީން ސްކޫލް އަތުން މޮޅުވެފައެވެ.

ސުޒުކީ ވިލި މުއައްސަސާ ކަޕްގައި ހައުސިން މިނިސްޓްރީއާއި މުހްޔިއްދީން ސްކޫލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ހައުސިން މޮޅުވީ 8-3 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެންޓޮމް

އެ ގްރޫޕުގައި ވާދަކުރާ ހަތަރު ޓީމު ވެސް މިހާތަނަށް ވަނީ ދެ މެޗު ކުޅެފައެވެ. ތާވަލުގެ އެއްވަނާގައި ހައުސިން އޮތީ ހަ ޕޮއިންޓާއެކުއެވެ. އެ ޓީމުގެ ފަހަތުން ވިއްދާފައި އޮތް ސްޓެލްކޯއާއި މޯލްޑިވްސް ގޭސްއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕުގެ ފުލުގައި އޮތް މުހްޔިއްދީނަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ރޭ ކުޅުނު 'ގްރޫޕް ބީ'ގެ މެޗުގައި ހައުސިންއިން ކާމިޔާބުކުރި އަށް ލަނޑުގެ ތެރެއިން ތިން ލަނޑު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މައުސޫމް ކާމިޔާބުކޮށްދިންއިރު، މައުރޫފް ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ ހަސަން ޒުހޫރާއި އަފްޒަލް އަދި މުހައްމަދު ޝައުޔާއެވެ. މުހްޔިއްދީންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ބަރާއު އަހްމަދު ޒާހިރާއި އިސްމާއިލް ވަޖީހު އަދި އަލީ ނިޒާމެވެ.

ސުޒުކީ ވިލި މުއައްސަސާ ކަޕްގައި ހައުސިން މިނިސްޓްރީއާއި މުހްޔިއްދީން ސްކޫލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ހައުސިން މޮޅުވީ 8-3 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެންޓޮމް

އެ މުބާރާތުގައި މިރޭ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 8:15ގައި ކުޅޭ 'ގްރޫޕް އޭ'ގެ މެޗުގައި ޔޫތު މިނިސްޓްރީއާއި ފުލުހުން ބައްދަލުކުރާއިރު، މިރޭ 9:15ގައި ކުޅޭ 'ގްރޫޕް ބީ'ގެ މެޗުގައި ބައްދަލުކުރާނީ މޯލްޑިވް ގޭސްއާއި މުހްޔިއްދީން ސްކޫލެވެ. އަދި މިރޭ 10:15ގައި ކުޅޭ 'ގްރޫޕް އޭ'ގެ މެޗުގައި ބައްދަލުކުރާނީ ދިރާގާއި އެމްޓީސީސީއެވެ.

އެ މުބާރާތުގައި ޖުމްލަ ނުވަ ޓީމެއް ވާދަކުރާއިރު، އެ ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފައެވެ. 'ގްރޫޕް އޭ'ގައި ހިމެނެނީ ޓީމް އެމްޓީސީސީއާއި، ޔޫތު މިނިސްޓްރީއާއި، ސިފައިންނާއި، ފުލުހުން އަދި ދިރާގެވެ. 'ގްރޫޕް ބީ'ގައި ހިމެނެނީ ސްޓެލްކޯއާއި، ޓީމް ހައުސިންއާއި، މޯލްޑިވް ގޭސް އަދި މުހްޔިއްދީން ސްކޫލެވެ.

އެ މުބާރާތުގެ ވަނަވަނަތަކަށް ހޮވޭ ޓީމުތަކަށް ފައިސާގެ އިނާމެއް ކަނޑައަޅާފައިވެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.

ސުޒުކީ ވިލި މުއައްސަސާ ކަޕްގައި ހައުސިން މިނިސްޓްރީއާއި މުހްޔިއްދީން ސްކޫލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ހައުސިން މޮޅުވީ 8-3 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެންޓޮމް

މިމަހުގެ 13އިން ފެށިގެން 22ގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީއެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިއީ މިފަދަ މުބާރާތެއް ވިލިމާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

ވިލި މުއައްސަސާ ކަޕްގެ މެއިން ސްޕޮންސަރަކީ ސުޒުކީއެވެ. އިވެންޓް ޕާޓްނަރުންނަކީ އޮފިޝަލް އިވެންޓްސްއެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރުންނަކީ ވިޓާއެވެ. އަދި މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރުންނަކީ ކްލަބު ގްރީން ސްޓްރީޓްސްގެ ވެސް ރަސްމީ ފޮޓޯގްރަފީ ޕާޓްނަރުން ކަމަށްވާ އެންޓޮމްއެވެ.

comment ކޮމެންޓް