މޮރާޓާ ގަންނަން ރެއާލަށް 80 މިލިއަން ޔޫރޯ ހުށަހަޅަން ޗެލްސީން ތައްޔާރުވެއްޖެ

ޗެލްސީން ދަނީ ރެއާލްގެ ސްޕެނިޝް ފޯވާޑް އަލްވާރޯ މޮރާޓާ ހޯދުމަށް މަސައްކަތްކުރަމުން -- ފޮޓޯ: ގެޓީ

އެވަޓަންގެ ފޯވާޑް ރޮމެލޫ ލުކާކޫ ހޯދަން ޗެލްސީން ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެން، ރެއާލް މެޑްރިޑްގެ ތަރި އަލްވާރޯ މޮރާޓާ ގެނައުމަށް އެ ކްލަބަށް 80 މިލިއަން ޔޫރޯގެ ޓްރާންސްފަރ ފީއެއް ހުށަހަޅަން ޗެލްސީން ތައްޔާރުވެއްޖެއެވެ.

ސްޕެއިންގެ ނޫހެއްކަމަށްވާ އޭއެސްއިން ރިޕޯޓުކޮށްފައި ވާގޮތުން، އެންޓޯނިއޯ ކޮންޓޭގެ ޓްރާންފަރ ލިސްޓުގެ އެންމެ ކުރީގައި އޮތް ލުކާކޫ، މެންޗެސްޓާ ޔުނައިޓެޑާ ގުޅުންމަށް ނިންމުމުން ކޮންޓޭ މިހާރު ވަނީ ސްޕެއިންގެ ފޯވާޑް ހޯދުމަށް ބަދަލުކޮށްފައެވެ.

ޗެލްސީން ލުކާކޫއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު މޮރާޓާ އެންމެ ފުރަތަމަ ބޭނުންވީ ޔުނައިޓެޑާ ގުޅުމަަށެވެ. އެހެން ނަމަވެސް މިހާރު މިވަނީ ހާލަތު މުޅިން ބަދަލުވެފައެވެ.

ސްޕެއިންގެ ނޫސްތަކުން ބުނާގޮތުން، ރެއާލްގައި މަޑުކުރާން މޮރާޓާ ބޭނުމެއް ނުވެއެވެ. އެހެންކަމުން އޭނާއަށް ޝައުގުވެރިވާ ކްލަބުތަކާ މަޝްވަރާކޮށް ވަރަށް އަވަހަށް ގޮތެއް ނިންމާނޭ ކަމަށްވެސް މޮރާޓާގެ އޭޖެންޓުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

މޮރާޓާ މީގެ ކުރީން ވަނީ، ކޮންމެވެސް ދުވަހަކުން، ކޮންޓޭއާއެކު މަސައްކަތްކުރާން ޝައުގުވެރިވާކަން ހާމަކޮށްފައެވެ. އެހެންކަމުން ޗެލްސީއަށް އޭނާ އައުން ގާތްކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް