އަހަރަކަށްވުރެ ގިނަ ދުވަހަށްފަހު އަކުރަމް އެނބުރި ގައުމީ ޓީމަށް

މާލޭ ލީގުގައި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗެއްގައި ނިއު ރޭޑިއަންޓްގެ އަކުރަމް ބޯޅަ ހިފައިގެން ކުރިއަށްދަނީ: އަހަރަކަށްވުރެ ގިނަ ދުވަހަށްފަހު އަކުރަމްއަށް ވަނީ ގައުމީ ޓީމުން ފުރުސަތުދީފައި --- ސަން ފޮޓޯ / ފަޔާޒު މޫސާ

އަހަރަކަށްވުރެ ގިނަ ދުވަހަށްފަހު ރާއްޖޭގެ ތަޖުރިބާކާރު ޑިފެންޑަރު އަކްރަމް އަބްދުލްޤަނީ (އަކޫ)އަށް ގައުމީ ޓީމުން ފުރުސަތުދީފިއެވެ.

ގައުމީ ކޯޗު ޑެރަން ސްޓެވާޓް ނެގި 27 ކުޅުންތެރިންގެ ސްކޮޑަކީ މިފެށޭ މަހުގެ 13 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށް ކުޅޭ އޭޝިއަން ކަޕް ކޮލިފައިން މެޗާއި މިފެށޭ މަހުގެ ހަ ވަނަ ދުވަހު އަފްޣާނިސްތާނާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ނެގި ސްކޮޑެވެ.

ރާއްޖެއަށް 2008ގެ ސާފް ޗެމްޕިއަންޝިޕް ހޯދައިދިން ސްކޮޑުގައި ހިމެނޭ އަކޫ އަކީ ގިނަ އަހަރުތަކެއް ވަންދެން މެދުކެނޑުމެއްނެތި ގައުމީ ޓީމުން ފެންނަ ކުޅުންތެރިއެކެވެ. އޭނާއަށް ގައުމީ ޓީމުން ފުރުސަތު ގެއްލުނީ ރިކީ ހާބަޓް ހަވާލުވުމާއެކު 2015 ވަނަ އަހަރުގެ ފަހުކޮޅެވެ.

މިއަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޖާޒީގައި ފެންނަމުންދާ އަކޫގެ އިތުރުން ކްލަބު ގްރީން ސްޓްރީޓްސްގެ ތަޖުރިބާކާރު ފޯވަޑް އަހްމަދު ރަޝީދު (އައްމަޑޭ)އަށް ވެސް ވަނީ އަލުން ގައުމީ ޓީމުން ފުރުސަތު ދީފައެވެ. އޭނާއަކީ އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރަމުންދާ ގްރީންއާއެކު މިއަހަރުގެ މާލޭ ލީގުގައި މޮޅު ކުޅުމެއް ދައްކަމުންދާ ކުޅުންތެރިއެކެވެ.

ސްޓެވާޓް ނެގި 27 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އަށް ކުޅުންތެރިޔަކާއި، ޓީސީ ސްޕޯޓްސް ކްލަބުގެ ތިން ކުޅުންތެރިޔަކާއި، ކްލަބު ވެލެންސިއާގެ ދެ ކުޅުންތެރިޔަކާއި، ކްލަބު އީގަލްސްގެ ހަތަރު ކުޅުންތެރިޔަކާއި، ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ދެ ކުޅުންތެރިޔަކާއި، ނިއު ރޭޑިއަންޓްގެ ހަ ކުޅުންތެރިއެއް އަދި ގްރީން ސްޓްރީޓްސްގެ ދެ ކުޅުންތެރިއެކެވެ.

އަފްޣާނިސްތާން އަދި ބޫޓާންއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ގައުމީ ސްކޮޑު:

މާޒިޔާ

  • އަމްދާން އަލީ (އެންޑީ)
  • މުހައްމަދު އިރުފާން (އިރޭ)
  • އަސަދުﷲ އަބްދުﷲ (އަސައްކޮ)
  • އަޝްއަދު އަލީ (އަޑުބަރޭ)
  • މުހައްމަދު އުމައިރު
  • ހުސައިން ޝަރީފް – ގޯލްކީޕަރު
  • ސަމޫހު އަލީ (ސަމުއްޓޭ)
  • ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ)

ޓީސީ

  • މުހައްމަދު އައްޒާމް
  • ހަސަން ނާއިޒް (ދާދު)
  • އިބްރާހިމް ވަހީދު ހަސަން

ކްލަބު ވެލެންސިއާ

  • ޝާފިއު އަހްމަދު (ޝާފީ)
  • މުހައްމަދު ފައިސަލް – ގޯލްކީޕަރު

އީގަލްސް

  • އިމްރާން ނަޝީދު
  • މުހައްމަދު ޝަފީއު (ޗެކް) – ގޯލްކީޕަރު
  • އަހްމަދު ރިޒުވާން
  • އަހްމަދު ޒާދު

ވިކްޓަރީ

  • މުހައްމަދު އިމްރާން – ގޯލްކީޕަރު
  • އިސްމާއިލް އީސާ (މެސީ)

ނިއު ރޭޑިއަންޓް

  • ހަމްޒާ މުހައްމަދު (ހަމްޕު)
  • މުހައްމަދު ރަޝީދު (ހޮކޭ)
  • އަލީ ފާސިރު (ސެންޓޭ)
  • އަހްމަދު އަބްދުﷲ (ލިލީ)
  • އަކްރަމް އަބްދުލްޤަނީ (އަކޫ)
  • އަބްދުﷲ ޒިމާމް – ގޯލްކީޕަރު

ގްރީން ސްޓްރީޓްސް

  • މުހައްމަދު ސާއިފް
  • އަހްމަދު ރަޝީދު (އައްމަޑޭ)
comment ކޮމެންޓް