މެސީގެ އަލަތު ކައިވެނި އަންނަ ޖޫން މަހު!

ބާސާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީއާއި އަދި ދެ ދަރީން، އަދި އެންޓޮނެއްލާ ރޮކޫޒޯ--

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ، އާޖެންޓީނާގެ ތަރި ލިއޮނަލްމެސީގެ އަލަތު ކައިވެނިކުރުމަށް އަންނަ ޖޫންމަހުގެ 30 ވަނަ ދުވަސް ކަނޑައަޅައި އެކަމަށް ތައްޔާރުވާން ފަށައިފިއެވެ.

ބާސެލޯނާގެ ސުޕަރސްޓަރ ކައިވެނިކުރަނީ، އޭނާ ވޭތުވެދިޔަ 10 އަހަރުދުވަހު ލޯބީގެގޮތުން ގުޅިގެން އުޅުނު، އަދި މެސީގެ ދެ ދަރީންގެ މަންމަ އެންޓޮނެއްލާ ރޮކޫޒޯއާއެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން ނަމަަ، ތިއާގޯއާއި މެޓީއޯގެ ބައްޕައާއި މަންމަގެ އަލަތު ކައިވެނި ކުރެވޭނީ މެސީގެ 30 ވަނަ އުފަންދުވަސް ކަމަށްވާ ޖޫން 24ގެ، ހަ ދުވަސް ފަހުންނެވެ.

ކައިވެނީގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ، މެސީގެ އަމިއްލަ ރަށް، އާޖެންޓީނާގެ ރޮޒެރިއޯގައެވެ.

ދަ ސަންއިން ރިޕޯޓުކޮށްފައިވާގޮތުން، އާޖެންޓީނާގައި ބާއްވާ ކައިވެނި ހަފްލާއަށް ފަހު، ދެވަނަ ހަފްލާއެއް ބާސެލޯނާގައި ބޭއްވުމަށް ވެސް މެސީ ވަނީ ނިންމައިފައެވެ.

ބާސާއާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް 2018 ވަނަ އަހަރުގެ ތެރޭގައި ނިމުމަކަށް އަންނައިރު، މެސީ ވަނީ، އޭނާގެ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމަށް ބާސާއިން ހުށަހެޅި 25-29 މިލިއަން ޕައުންޑުގެ ހުށަހެޅުމަށް ދެކޮޅު ހަދައިފައެވެ.

comment ކޮމެންޓް