ކަރަންޓު ޝޯޓަކުން ގަލޮޅު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަލިފާނުގެ ހާދިސާ ހިނގި ގެ ހުރި ސަރަހައްދުގައި އެމްއެންޑީއެފްގެ ލޮރީއެއް --- ފޮޓޯ/ ސޯޝަލް މީޑިއާ

ކަރަންޓު ޝޯޓަކުން ގަލޮޅު ރޯޒީ ނަމަކަށް ކިޔާ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެމްޑީއެފްގެ ސްޕޯކްސް ޕާސަން ކެޕްޓަމް އާޒިމް ވިދާޅުވީ، އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އެއްވެސް ހާނީކައެއް ވެފައި ނުވާ ކަމަށެވެ.

އާޒިމް ވިދާޅުވީ، ރޯވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލިފާން ނިވާލާފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާގެ ސަބަބުން ގެއަށް ވެސް ބޮޑު ގެއްލުމެއް ނުވާ ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް