ސްރީ ލަންކާގެ 5000 ގެއަކަށް ދިވެހި ކުންފުންޏަކުން ކަރަންޓު ފޯރުކޮށްދެނީ

ސޯލާ ޕެނަލް މެދުވެރިކޮށް ސްރީލަންކާގެ ފަގީރު 5،000 ގެއަކަށް ކަރަންޓު ދޭން ދިވެހި ކުންފުންޏެއް ކަމަށްވާ ރިނިއުބަލް އެނާޖީ މޯލްޑިވްސް އިން ނިންމައިފިއެވެ.

ކުރީގެ ރައީސް ނަޝީދުގެ ބޭބޭފުޅުގެ މަސްލަހަތު އޮންނަ އެ ކުންފުނިން ކަރަންޓު ދޭން ނިންމާފައި ވަނީ ލަންކާގެ އިރުމަތީގައި އޮންނަ ބައްޓިކަލޯ ސިޓީގެ ބައެއް ގެތަކަށެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ރިނިއުބަލް އެނާޖީ މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ރައީސް، އިބްރާހިމް ނާޝިދު އެވެ. ލަންކާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ރިސެޓްލްމެންޓް އެންޑް ރިހެބިލިޓޭޝަންގެ ސްޓޭޓް މިނިސްޓަރު އެމްއެލްއޭއެމް ހިސްބުއްލާ އެވެ.

ހިސްބުއްލާ ވިދާޅުވި ގޮތުގައި އެ މަޝްރޫއުގެ ދަށުން ފަގީރުންނަށް ކަރަންޓު ފޯރުކޮށްދެނީ މުޅިން ހިލޭ އެވެ.

ރިނިއުބަލް އެނާޖީ މޯލްޑިވްސްގެ ރައީސް އަހުމަދު ނާޝިދު ވިދާޅުވީ ކޮންމެ ފުރާޅެއްގައި 10 ކިލޯ ވޮޓުގެ ސޯލާ ޕެނަލް ހަރުކުރާ އިރު ގޭގެ ކަރަންޓަށް އެއް ކިލޯވޮޓުގެ ކަރަންޓު ވެސް ނާރާނެ ކަމަށެވެ. އަދި މިކަން ކުރަނީ ލަންކާ ސަރުކާރުގެ ގަވައިދުތަކާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން އެ ގެތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ބަހައްޓާ އިރު، އެކަން ކުރަނީ ފުރާޅު ކުއްޔަށް ހިފައިގެންނެވެ. އަދި ކުލީގެ އިތުރުން ފުރާޅުގައި ހަރުކުރާ ޕެނަލުން އެ ގެއެއްގެ ކަރަންޓު ބިލު ވެސް ދައްކައިދޭނެ އެވެ.

comment ކޮމެންޓް