ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ލޮލުގެ ފަރުވާއާއި އައިނުގެ ޚިދުމަތް ފޯރުކޮށްދޭ އައިކެއަރ އޮޕްޓިކަލްއިން، މި ހިނގާ ޖުލައި މަހަށް ޚާއްޞަކޮށްގެން ކަސްޓަމަރުންނަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ޕްރޮމޯޝަނެއް ތަޢާރަފުކޮށްފިއެވެ.
އިއްޔެއިން ފެށިގެން އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ، ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އައިނާއި ލެންސް ހެޔޮ އަގުގައި ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ޙަރަކާތެއް ކަމަށް އައިކެއަރ އިން ބުނެއެވެ.
މި ޕްރޮމޯޝަނުގެ ދަށުން ނަންބަރު ދެ އައިނު ބައްލަވައިގަންނަވާ ކަސްޓަމަރުންނަށް، އެއް ފްރޭމުން 30 އިންސައްތައިގެ ބޮޑު ޑިސްކައުންޓެއް ލިބޭނެއެވެ. އައިކެއަރއިން މަޢުލޫމާތު ދޭ ގޮތުގައި މި ދެވަނަ ފްރޭމަކީ އަމިއްލަ ބޭނުމަށް ނުވަތަ އެހެން ފަރާތަކަށްވެސް ނެގިދާނެ ފްރޭމެކެވެ. އެގޮތުން އައިނު އަޅާ ދެ ކުދިންނަށް، ނުވަތަ މަންމަ އާއި ދަރިފުޅަށް، ދެމަފިރިންނަށް އަދި ރައްޓެސަކާއެކުވެސް އައިނު އައުކޮށްލެވިދާނެއެވެ. އައިކެއަރގެ އައުޓްލެޓްތަކުގައި ހުރި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ތެރެއިން ކޮންމެ ފްރޭމެއްވެސް މި އޮފާގެ ދަށުން ޚިޔާރުކުރެވޭނެއެވެ.

މީގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ޒައިސް ސްމާޓްލައިފް ލެންސާއެކު ފްރޭމް ބައްލަވައިގަންނަވާ ކަސްޓަމަރުންނަށް އޯރާ ބްރޭންޑްގެ އަވިއައިނެއް މުޅިން ހިލޭ ލިބޭނެ ކަމަށް އައިކެއަރ އިން ބުނެއެވެ. ޒައިސް ސްމާޓްލައިފް ލެންސަކީ މިހާރުގެ ޑިޖިޓަލް ދިރިއުޅުމަށް ޚާއްޞަކޮށް، ހުރިހާ ދުރުމިނަކުންވެސް ސާފުކޮށް ފެންނާނެހެން ފަރުމާކޮށްފައިވާ ފެންވަރު ރަނގަޅު ލެންސެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
އައިކެއަރއިން ހާމަކުރި ގޮތުގައި މި ދެ އޮފާއަކީވެސް އެއް ޓްރާންސެކްޝަނެއްގެ ތެރެއިން ބޭނުންކުރެވޭނެ އޮފަރތަކެކެވެ. އަދި އައިކެއަރ މެންބާޝިޕްގެ ފައިދާތައްވެސް މި އޮފާތަކާއެކު ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން އައިކެއަރގެ ހުރިހާ އައުޓްލެޓެއްގައިވެސް ކުރިއަށްދާއިރު، އިތުރު މަޢުލޫމާތު ހޯއްދެވުމަށް އައިކެއަރގެ ވެބްސައިޓަށް ނުވަތަ އެންމެ ކައިރީގައި ހުރި އައިކެއަރ އައުޓްލެޓަކަށް ޒިޔާރަތްކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.