ފުރަތަމަ ކުއާޓަރުގައި 8.8 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބޭނެ: ސެމްސަންގް

ސެމްސަން ގްރޫޕުގެ އެކްޓިން ޗީފް، ލީ ޖައެ ޔޮންގް ---

އަހަރުގެ ފުރަތަމަ ކުއާޓަރުގައި 8.8 ބިލިއަން ޑޮލަރުގެ ފައިދާއެއް ވާނެ ކަމަށް ސެމްސަން ކުންފުނިން ލަފާކޮށްފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެކުންފުނިން ލަފާކޮށްފައިވާ ފައިދާގެ މިންވަރަކީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު 48 ޕަސެންޓު އިތުރު އަދަދެކެވެ. އެއީ އެކުންފުނިން ދާދި ފަހުން އުފެއްދި މެމޮރީ ޗިޕްތަކުގެ ސަބަބުން އެކުންފުނިން ލަފާ ކުރާ މިންވަރެކެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރު މިމަހުގެ ނިޔަލަށް ނިމޭ އިރު މި ކުއާޓަރުގައި އެކުންފުންޏަށް އެވަރުގެ ފައިދާއެއް ވެއްޖެ ނަމަ، މި ކުއާޓަރު ވެގެންދާނީ މިދިޔަ ހަތަރު އަހަރު ދުވަސްތެރޭ ވެސް އެންމެ ބޮޑު ފައިދާއެއް ވި ކުއާޓަރަށެވެ.

އެކުންފުނިން މިފަދަ ބޮޑު ފައިދާއެއް ވާނެ ކަމަށް ލަފާކޮށްފައިވާ އިރު، ފާއިތުވި ދުވަސްތަކުގައި އެކުންފުންޏާ މެދު ކުރެވުނު ކޮރަޕްޝަންގެ ތުހުމަތުތަކާއި ގެލެކްސީ ނޯޓް 7 ގެ މައްސަލައާ ގުޅިގެން ކުންފުނީގެ އަގު މާކެޓުގައި ވަނީ ވެއްޓިފަ އެވެ.

ބައެއް ޚަބަރުތައް ބުނާ ގޮތުގައި، އެކުންފުނިން އެއަދަދުގެ ފައިދާއެއް ވާނެ ކަމަށް ލަފާކޮށްފައި ވަނީ، އެކުންފުނިން އެންމެ ފަހުން މާކެޓަށް ނެރުނު ގެލެކްސްކީ އެސް8 ފޯނުން އެކުންފުންޏަށް ފައިދާ ވަމުންދާތީ އެވެ.

comment ކޮމެންޓް