މޮންޓެލިއޭ ބަލިކޮށް ޕީއެސްޖީއަށް ލީގު ތާވަލުގައި ބޮޑު ލީޑެއް

މޮންޓެލިއޭ ކުޅުންތެރިއެއް ކާރިން އެމްބާޕޭ--- ފޮޓޯ: ޓޯޓަލް

ފްރާންސްގެ ލީގުގައި މޮންޓެލިއޭ 2-0އިން ބަލިކޮށް، ލީގުގެ އެއްވަނަ މަގާމުގައި ޕެރިސް ސެންޓް ޖާމަން (ޕީއެސްޖީ)އިން ބޮޑު ލީޑެއް ނަގައިފިއެވެ.

އަށް މެޗު ކުޅެގެން ޕީއެސްޖީއިން 24 ޕޮއިންޓު ހަމަކުރިއިރު ދެވަނަ މަގާމުގައި އޮތް އޮލިމްޕިކް މާސޭއަށް ލިބިފައިވަނީ 14 ޕޮއިންޓެވެ.

ލީގުގައި ބަލިނުވެ ޕީއެސްޖީއިން ދަމަހައްޓަމުން އަންނަ ރެކޯޑު މޮންޓެލިއޭ ކޮޅަށް ދަމަހައްޓައި ދިނީ އިދްރީސާ ގާނާ ގުއޭ އާއި ޖޫލިއަން ޑްރެކްސްލާގެ ގޯލުންނެވެ.

އެގޮތުން ޕީއެސްޖީގެ ފުރަތަމަ ލަނޑު މެޗުގެ 14 ވަނަ މިނިޓުގައި ޖަހައިދިނީ މިޑްފިލްޑަރު ގާނާ ގުއޭއެވެ.

ޕީއެސްޖީން ލީޑު ފުޅާކޮށްލި ލަނޑު ޖެހީ މެޗު ނިމެން ދެމިނިޓަށް ވެފައިވަނިކޮށް ޖަރުމަން ކުޅުންތެރިޔާ ޖޫލިއަން ޑްރެކްސްލާއެވެ.

ފްރާންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އޮލިމްޕިކް ލިއޯން ވަނީ ލޮރިއޯން އަތުން އެއްވަރުވެފައެވެ.

އަނިޔާގެ ސަބަބުން ޕީއެސްޖީގެ ތަރި ލިއޮނެލް މެސީ މެޗުގައި ކުޅެފައިނުވެއެވެ. މެސީގެ ބަދަލުގައި ފުރަތަމަ 11 އިން ޖާގަ ހޯދީ އެންހެލް ޑިމަރިއާއެވެ.

ޕީއެސްޖީއަށް ދެން އޮތީ ޗެމްޕިއަންސް ލީގުގައި އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނިކުންނަ މެޗެވެ.

comment ކޮމެންޓް