ޖުމެއިރާ ވިޓަވެލީގެ ރޯޔަލް ރެޒިޑެންސް ހުޅުވައިފި

30 މާޗް 2017: ޖުމެއިރާ ވިޓަވެލި އައިލެންޑް ރިޒޯޓްގެ ރޯޔަލް ރެޒިޑެންސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުޅުއްވައިދެއްވުން--- ފޮޓޯ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު، ޖުމެއިރާ ވިޓަވެލި އައިލެންޑް ރިޒޯޓްގެ ރޯޔަލް ރެޒިޑެންސް ރޭ ހުޅުއްވައި ދެއްވައިފި އެވެ.

އެ ރިސޯޓުގައި ހުޅުވި ރޯޔަލް ރެޒިޑެންސަކީ އެއްފަހަރާ 14 މީހުންނަށް ތިބެވޭ ގޮތަށް އިމާރާތްކޮށްފައިވާ ތަނެކެވެ. އެތަނަށް ޚާއްސަކޮށްފައިވާ ސަރަހައްދުގައި 3,500 އަކަމީޓަރުގެ ކަނޑުފަޅާއި، ރީތި ހުދު ދޮންވެލިގަނޑެއް ހިމެނެއެވެ.

30 މާޗް 2017: ޖުމެއިރާ ވިޓަވެލި އައިލެންޑް ރިޒޯޓްގެ ރޯޔަލް ރެޒިޑެންސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުޅުއްވައިދެއްވުން--- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން އެތަނުގައި އަމިއްލަ ސްޕާއަކާއި، ދެ ޕޫލާއި، ޖިމެއްގެ އިތުރުން ރެސްޓޯރަންޓަކާއި، ފެނުންމަތީ ބާ އެއް ހިމެނެއެވެ. މި ރެސިޑެންސް ޚާއްޞަކުރެވިފައިވަނީ އާދަޔާ ޚިލާފު ފެންވަރު ރަނގަޅު ޗުއްޓީއެއް ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށެވެ.

ޖުމެއިރާ ވިޓަވެލި އައިލެންޑް ރިޒޯޓަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި ރިޒޯޓް ވިޔަފާރިތައް ބިނާކޮށް އަދި ހިންގަމުންދާ، ޖުމެއިރާ ކުންފުނީގެ ރިޒޯޓެކެވެ.

comment ކޮމެންޓް