ސެންޓް ސްޓޫޑިއޯއިން ވިޔަފާރިކޮށްގެން އައިފޯން ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު!

ސެންޓް ސްޓޫޑިއޯއިން ލިބެންހުރި ބައެއް ސެންޓުތައް-

ސެންޓު ފުޅިއެއް ގަނެގެން އަގުބޮޑެތި އިނާމުތަކެއް ލިބޭ، ސެންޓު ސްޓޫޑިއޯގެ "އިއާ އެންޑް ޕްރޮމޯ" ފަށައިފިއެވެ.

ސެންޓް ސްޓޫޑިއޯއިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ފެށި މި ޚާއްސަ ޕްރޮމޯޝަން، މިމަހުގެ ނުވަވަނަ ދުވަހު ފެށިފައިވާއިރު، އަންނަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެކަމަށް ސެންޓް ސްޓޫޑިއޯއިން ބުނެއެވެ.

ސެންޓު ސްޓޫޑިއޯއިން މައުލޫމާތުދީފައިވާ ގޮތުގައި، އެފިހާރައިން 1،000 ރުފިޔާއިން މަތިން ވިޔަފާރިކުރާ ކޮންމެ ފަރާތަކަށްވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަނުގެ އެއްވަނަ އިނާމަކަށް ހުށަހަޅާފައިވަނީ ދިވެހީންގެ ތެރޭގައިވެސް މަޤުބޫލުކަން ހޯދާފައިވާ ބާގަންޑީ ކުލައިގެ އައިފޯން 18 ޕްރޯ ފޯނެއް ކަމަށާއި ދެވަނަ އިނާމަކަށް ހޮވޭ ފަރާތަކަށް ލަގްޒަރީ ރިސޯޓެއްގައި ދެ ރޭ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭއިރު، ތިންވަނަ އިނާމަކަށް ކަނޑައަޅާފައިވަނީ 5،000 ރުފިޔާގެ އަގުހުރި ސެންޓު ކަމަށް ސެންޓް ސްޓޫޑިއޯއިން ބުނެފައިވެއެވެ.

ޕްރޮމޯޝަނުގެ ނަސީބުވެރިންނަށް ލިބޭ އިނާމުތައް--

ޒަމާނީ ރީތި އިންޓީރިއާއިން ފަރުމާކޮށްފައިވާ މި ފިހާރަ ހުންނަނީ ވިނަރެސް ތިން ވަނަ ފުލެޓްގެ ގުރައުންޑް ފުލޯގައެވެ.

ލަގްޒަރީ ސެންޓަށް ހާއްސަ "ސެންޓު ސްޓޫޑިއޯ" އަކީ މާކެޓަށް ނުކުންނަ އެންމެފަހުގެ މީރުދުވަސް ގިނަ ސެންޓުތަކެއް ލިބެންހުރި ފިހާރައެކެވެ. ސެންޓު ސްޓޫޑިއޯއިން ލިބޭ ސެންޓް ބްރޭންޑް ތަކުގެތެރޭ ލުއިވިއުޓޯން، ޕަރްފޫމް ދި މާލޭ، މޭސަން މަރްޖިއެލާ ރެޕްލިކާ ކަލެކްޝަންގެ އިތުރުން މަންސޭރާ ބްރޭންޑްގެ ސެންޓު ހިމެނެއެވެ.

މީގެއިތުރުންވެސް ދިވެހިންގެ ތެރޭ މަގުބޫލު ޝެނަލް، ޑިއޯ، އަދި ޑޮލްޗޭ އެންޑް ގަބާނާ ފަދަ ބްރޭންޑްތައް ހިމެނެ އެވެ. ސެންޓް ސުޓޫޑިއޯ އިން ހާމަކުރާ ގޮތުގައި އެ ފިހާރައިން އަބަދުވެސް އިސްކަންދެނީ ކަސްޓަމަރުން އެންމެ ބޭނުންވާ ބްރޭންޑްތަކުގެ ސެންޓު ރާއްޖެއިން ލިބޭނެގޮތް ހެދުމެވެ.

comment ކޮމެންޓް