ފަރީދީ މަގު އައިކެއާގައި މާދަމާއިން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ހުރިހާ އަވި އައިނަކުން 50 އިންސައްތަ އާ ހަމައަށް ޑިސްކައުންޓް

ފަރީދީ މަގުގައި ހުންނަ އައިކެއާ ފިހާރަ: މާދަމާއިން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ހުރިހާ އަވި އައިނަކުން 50 އިންސައްތަ އާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް ބުނޭ.. ފޮޓޯ/ އައިކެއާ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލޮލުގެ ފަރުވާއާއި އައިނުގެ ޚިދުމަތް ފޯރުކޮށްދޭ އައިކެއާ އޮޕްޓިކަލްސްގެ ފަރީދީމަގު ފިހާރައިގައި، އަވިއައިނަށް ޚާއްޞަކޮށްގެން ބޮޑެތި ޑިސްކައުންޓްތަކާއެކު ދެ ދުވަހުގެ ފްލޭޝް ސޭލެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

މާދަމާއިން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޚާއްޞަ ސޭލުގައި، އެ ފިހާރައިން ލިބެން ހުންނަ ހުރިހާ އަވި އައިނަކުން 50 އިންސައްތަ އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެކަމަށް އައިކެއާއިން ބުނެއެވެ. އަދި މި ޕްރޮމޯޝަން ކުރިއަށްދާނީ ހަމައެކަނި ފަރީދީ މަގުގައި ހުންނަ އައިކެއާގެ ގޮފީގައިކަމަށް ވަނީ ބުނެފައެވެ.

މި ސޭލުގެ ދަށުން ދުނިޔޭގެ މަޤްބޫލު އެތައް ބްރޭންޑެއްގެ އަސްލު އަވި އައިނުތައް ހެޔޮ އަގުތަކެއްގައި ލިބެން ހުންނާނެކަމަށާއި އޭގެ ތެރޭގައި މައުއީ ޖިމް، ރޭ-ބޭން، ވޯގް، ޕޮލަރޮއިޑް، ނޮކްއެރައުންޑް، އޯނިލް އަދި ސުޕަޑްރައި ފަދަ މަޝްހޫރު ބްރޭންޑްތައް ހިމެނެއެވެ.

ފަރީދީ މަގުގައި ހުންނަ އައިކެއާ ފިހާރަ: މާދަމާއިން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ހުރިހާ އަވި އައިނަކުން 50 އިންސައްތަ އާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް ބުނޭ.. ފޮޓޯ/ އައިކެއާ

ކުޅިވަރު ކުޅޭއިރު އަޅާ ވައްތަރުތަކާއި، އެންމެ ފަހުގެ ފެޝަން ޑިޒައިންތަކުގެ އިތުރުން، އާންމުކޮށް ކޮންމެ ދުވަހަކު ބޭނުންކުރަން އެކަށީގެންވާ ތަފާތު ވައްތަރުތަކުގެ އައިނުތަކުން 15 އިންސައްތަ އާއި 50 އިންސައްތަ އާ ދެމެދުގެ ޑިސްކައުންޓްތައް ކަސްޓަމަރުންނަށް ލިބޭނެކަމަށް އައިކެއާއިން ބުންޏެވެ.

އަހަރު ނިމޭ ޗުއްޓީ ދުވަސްވަރު ކައިރިވެފައިވާއިރު، މިއީ ދަތުރުދިއުމަށާއި ބޭރުތެރޭގެ އެކި ހަރަކާތްތަކަށް ބޭނުންވާ ރައްކާތެރި އަވި އައިނު ހޯދުމަށާއި، ގާތް މީހަކަށް އަގުހުރި ހަދިޔާއެއް ގަތުމަށް ލިބޭ ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އައިކެއާ އިން ވަނީ މި ދެ ދުވަހު ފަރީދީ މަގު ފިހާރައަށް ޒިޔާރަތްކޮށް، ތަފާތު ގިނަ ޑިޒައިންތަކުގެ ތެރެއިން އެމީހަކު އެންމެ ބޭނުންވާ އަވި އައިނު ޚިޔާރުކުރުމަށް ހުރިހާ ފަރާތްތަކަށް ދަޢުވަތު އަރުވާފައެވެ.

އައިކެއާ އަކީ "އައިކެއާ ޕްރައިވެޓް ލިމިޓެޑް" ގެ ދަށުން ރާއްޖޭގައި ހިންގާ، ލޮލުގެ ޞިއްޙަތާއި ފަރުވާއަށް ޚާއްޞަ އެންމެ ބޮޑު އަމިއްލަ ކްލިނިކް އަދި އޮޕްޓިކަލް ޗެއިންއެވެ. 2000 ވަނަ އަހަރުގެ ކުރީކޮޅު ކުޑަ ވިޔަފާރިއެއްގެ ގޮތުގައި ފެށުނު ނަމަވެސް، މިއަދު އެ ކުންފުނި ވަނީ މާލެއާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގިނަ އައުޓްލެޓްތަކަކާއި ޚާއްޞަ ހޮސްޕިޓަލަކާއެކު ޚިދުމަތް ފުޅާކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް