ސެމްސަން ނޯޓް7 އަނެއްކާވެސް ބާޒާރަށް ނެރެނީ؟

ނޯޓު 7 ފޯނެއް --- ގެޓީ އިމޭޖެސް

ބެޓަރީގައި މައްސަލަ ދިމާވެ ފޯނުތައް ގޮވުމުގެ މައްސަލަ ދިމާވުމުގެ ސަބަބުން ވިޔަފާރި ހުއްޓާލި ނޯޓް 7 އަލުން ބާޒާރަށް ނެރެން އުޅޭ ކަމުގެ ޚަބަރު ފެތުރެން ފަށައިފިއެވެ.

ނޯޓް7ގެ ފޯނުތަކުގައި ބެޓަރި ގޮވުމުގެ މައްސަލަ ދިމާވުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ބާވަތުގެ ފޯނު ގަތް މީހުން އަތުން އަނބުރާ 2.5 މިލިއަން ފޯނު އެކުންފުނިން ވަނީ ނަގާފައެވެ. ނޯޓު7 އަލުން އަނބުރާ މާކެޓަށް ނެރޭނީ ރިފާބިޝް ކުރުމަށްފަހު އެވެ.

ސެމްސަން އިން ބުނި ގޮތުގައި އެގޮތަށް އަލުން އެ ފޯނު މާކެޓަށް ނެރޭނީ، ކަމާ ބެހޭ އިދާރާތަކާއި ނެޓްވޯކް ކެރިއާސްތައް އެކަމަށް އެއްބަސް ވެއްޖެ ނަމައެވެ.

އަލުން މާކެޓަށް ނެރެން އިދާރާތަކުން ހުއްދަ ނުދީފި ނަމަ، އެކުންފުނިން ދެން ހަދާނެ ގޮތަކީ އެ ފޯނުތަކުގައި ހުރި ބޭނުން ކުރެވޭ ހާޑްވެއާ ނަގާނީ އެވެ. އަދި ފޯނުތައް ރީސައިކަލް ކުރާނީ އެވެ.

ކަން މިހެން އޮތް އިރު، ނޯޓް 7ގެ މައްސަލާގައި ތަފާތު ގިނަ ފިއްތުންތަކާ އެކު ވެސް މިމަހުގެ 29 ވަނަ ދުވަހު އާ ޑިވައިސް އެއް ތައާރަފް ކުރުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

comment ކޮމެންޓް