އެސް23 ޓަޗް ސްކްރީންގެ މައްސަލައަށް ސެމްސަންއިން ޙައްލެއް ފޯރުކޮށްދީފި

ސެމްސަން ބިލްބޯޑެއް --

ގެލެކްސީ އެސް23 ސީރީޒްގެ ބައެއް ސްމާޓްފޯންތަކަށް ޓަޗްސްކްރީން ރެސްޕޮންސިބިލިޓީގެ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ސެމްސަންގުން ރަސްމީކޮށް ބަލައިގެންފިއެވެ.

އެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ކުންފުނިން މިހާރު ވަނީ ވަގުތީ ފިކްސްއެއް ފޯރުކޮށްދީފައެވެ.

ގެލެކްސީ އެސް23، އެސް23+ އަދި އެސް23 އަލްޓްރާގެ ގިނަ އޯނަރުން ވަނީ މާޗު މަހުގެ ފަހުކޮޅު ތައާރަފްކުރި އޭއައި ފޯކަސްޑް ވަން ޔޫއައި 6.1 އަޕްޑޭޓް އިންސްޓޯލް ކުރުމަށްފަހު ޑިވައިސް ސްކްރީންތަކަށް ރެސްޕޮންސިބަލްޓީގެ މައްސަލައެއް ދިމާވެފައިވާ ކަމަށް ބުނެ އޮންލައިން ފޯރަމްތަކުގައި ޝަކުވާކޮށްފައެވެ.

ސައުތު ކޮރެއާގެ ސަޕޯޓް ޗެނަލްތަކުގައި ސެމްސަންގުން ކުރި ޕޯސްޓެއްގައި ވަނީ ޓަޗްސްކްރީން ބަގް ބަލައިގަނެ، ގޫގުލް އެޕްގެ ބައެއް ފީޗާތަކާއެކު ކޮމްޕެޓިބިލިޓީގެ މައްސަލަތައް ފާހަގަވެފައިވާ ކަމަށް ބުނެފައެވެ.

ވަގުތީ ހައްލެއްގެ ގޮތުގައި ސެމްސަންގުން ދަނީ ޕްލޭ ސްޓޯރުން ލިބެން ހުރި އެންމެ ފަހުގެ ވާޝަނަށް ގޫގުލް އެޕް އަޕްޑޭޓްކޮށް، އެޕްގެ ސްޓޯރޭޖް ޑޭޓާ ކްލިއާކޮށް، ގެލެކްސީ އެސް23 ފޯނު އަލުން ރީސްޓާޓް ކުރުމަށް ނަސޭހަތްތެރިވަމުންނެވެ.

"ގޫގުލް > ސްޓޯރޭޖް > ކްލިއާ ޑޭޓާ > ސެޓިންގްސް > އެޕްލިކޭޝަންތަކަށް ގޮސް ގޫގުލް އެޕް ޑޭޓާ ޑިލީޓް ކޮށްލުމަށްފަހު ޑިވައިސް އަލުން ފަށަން،" އެ ކުންފުނީގެ އިރުޝާދުގައިވެއެވެ.

ސެމްސަންގުން އިތުރަށް ބުނީ ވަން ޔޫއައި 6.1 ގައި ގޫގުލް އިން ދޭ ހިދުމަތްތަކުގެ ސަބަބުން ދިމާވާ ޓަޗްސްކްރީން މައްސަލަތައް ހައްލުކުރުމަށް މިހާރަށް ވުރެ ފުޅާ ފިކްސްއެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެއީ ހާއްސަކޮށް ގޫގުލް ޑިސްކަވާ ފީޑް އިންޓަގްރޭޝަނާ ގުޅުން ހުރި މައްސަލަތަކެއް ކަމަށް ބެލެވޭ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

ވަން ޔޫއައި 6.1 އިން ސެމްސަންގެ އެންމެ ފަހުގެ ގެލެކްސީ ސްމާޓްފޯނާއި ޓެބްލެޓް ލައިންއަޕްތަކުގައި ލައިވް ޓްރާންސްލޭޓް، ޗެޓް އެސިސްޓް އަދި ނޯޓް އެސިސްޓް ފަދަ އާ އޭއައި ކެޕޭސިޓީތަކެއް ތައާރަފް ކުރިއެވެ.

ނަމަވެސް މި އަޕްޑޭޓްގެ ސަބަބުން ބައެއް ޔޫޒަރުންނަށް ޓަޗް ސްކްރީންގެ މައްސަލަތަކުގެ ބޭރުން ވެސް ތަފާތު ބަގްތައް ކުރިމަތިވިކަމަށް ބެލެވެއެވެ.

ސެމްސަންގުން ދާއިމީ ޕެޗެއްގެ ޓައިމްލައިނެއް ދީފައިނުވި ނަމަވެސް، ވަން ޔޫއައި 6.1 އާ އެކު ދިމާވާ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ގެނައުމަށް ގޫގުލް އިން އަޕްޑޭޓެއް ނެރެންދެން މިހާރުގެ ވޯކްއައުންޑް ޓަޗްސްކްރީން ރިލައިބިލިޓީ އަލުން އިއާދަކުރަން ޖެހެއެވެ.

comment ކޮމެންޓް